ހިތުގެ ވޭނީ އަޑޭމީ އަހާށޭ

ހިތުގެ ވޭނީ އަޑޭމީ އަހާށޭ
ވިންދު މޭގާ ޖަހާ
ވިންދު މޭގާ ޖަހާ
ވަކިވެދިއުމުން ކިޔޭމީ ތަރާނާ

ލޯބި ކައިވެންޏަކުން ގުޅުނު މަންޒަރު
ލޯބި ލޯބިން ދެމީހުން އުޅުނު ވަރު
ދާނެހޭ އަދު ފިލާ
ދާނެހޭ އަދު ފިލާ
ހިތްވަނީ ތިޔަ ހަނދާނުން މިލާފާ
ހިތުގެ ވޭނީ .....

ވީމެ މާޔޫސްގާ އެކަނި ވެނިވާ
ބީވެ ހުރިހާ އުފާތަށް ދިޔާމާ
ނެތް ތިބާ ދުނިޔެއީ
ނެޔް ތިބާ ދުނިޔެއީ
ވަކިވުމޭ އެދެވެނީ ގެންދަވާށޭ
ހިތުގެ ވޭނީ .....

ލައްވަވާނދޭ ސުވަރުގެއިން އެކީގާ
ދެއްވަވާނދޭ އުފާތައް ފުރޭހާ
ދެންނެވޭ މީ ދުޢާ
ދެންނެވޭ މީ ދުޢާ
ޙަޟްރަތަށް އާހުގާ އަތްނަގާފާ
ހިތުގެ ވޭނީ .....

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.

info@dhivehilyrics.com

އިން

އެކު