© ދިވެހި ލިރިކްސް
އެންމެ މަގުބޫލު
1
ފިލާނެތޯ ލޯތަކުން މިފޫދޭ
2
ދޮން ކަނބުލޮ ނިދާލާށޭ
3
އިތުރު ރަސޫލާ
4
ނަބީ އަމީނޭ
5
ޙަސްބީ ރައްބީ ޖައްލަﷲ - حَسْبِیْ رَبِّی جَلَّ اللّٰہ
އެންމެ ފަހުގެ
1
ރީތީގެ ރާނީ އުޖާލާ
2
ކުރަންވީއޭ ދުޢާ
3
އޭނަބިއްޔާއޭ ސޮލާތާ
4
ޤައުމަށްޓަކާ ދީނަށްޓަކާ
5
އުދަރެސް
މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.
ފިނިކަން ލިބުނު އެނަންމަތީ
ރާގު: -
ޅެން: ޅެންވެރިޔާ ނޭނގޭ
ފިނިކަން ލިބުނު އެނަންމަތީ
ކުރެވޭ ހަނދުމަތަކޭ މިއީ
ރަނިކަން ކުރަން ދިނަސް ހިތުން
އަނިޔާ ދެނީހެ ލޯމަތީ
ހީނަރު ނުވާނެ ލޯތަބަކަށް
އެދިގެން އެހެދި ބިނާ އަތުން
ހީނަރު ނުވާނެ ލޯތަބަކަށް
އެދިގެން އެހެދި ބިނާ އަތުން
ހީވެސް ނުވާނެ ހީލަތުން
ފުނޑުފުނޑު ކުރީހެ ބިންމަތީ
ފިނިކަން ލިބުނު އެނަންމަތީ
ކުރެވޭ ހަނދުމަތަކޭ މިއީ
މިހިތަށް ނުވާގޮތެއް ނެތޭ
ވީއިރު އެކީ އުފާކުރަން
މިހިތަށް ނުވާގޮތެއް ނެތޭ
ވީއިރު އެކީ އުފާކުރަން
މެހިގެން ހިތާއިހިތް ގެނައި
ލައްޒަތުގެ ދުނިޔެހޭ ނެތީ
ފިނިކަން ލިބުނު އެނަންމަތީ
ކުރެވޭ ހަނދުމަތަކޭ މިއީ
ވިޔަކަސް ނަސީބުގާ އަލުން
ހިޔަލެއް އެހެން ދިމާލަކުން
ވިޔަކަސް ނަސީބުގާ އަލުން
ހިޔަލެއް އެހެން ދިމާލަކުން
ލިބުނަސް ޙިމާޔަތެއް ފަހުން
މަލަކަށް އެހެން ބެލުން ނެތީ
ފިނިކަން ލިބުނު އެނަންމަތީ
ކުރެވޭ ހަނދުމަތަކޭ މިއީ
ރަނިކަން ކުރަން ދިނަސް ހިތުން
އަނިޔާ ދެނީހެ ލޯމަތީ