އެދެވޭތީ އަދު ހުރެވޭ

ރާގު: ކަބި އާނސޫ ކަބި ޚުޝްބޫ

އެދެވޭތީ އަދު ހުރެވޭ އެދި މިތުރާ ފެންނަން

ނިންޖެއް ހަމަ ގައިމު ނުވާނޭ ފިނިފިނިވާ ދަންވަރު

މަގެ ރޭތަށް ގުނަމުން ދާނީ ކަލާ ވާތި ހަނދާން

ހީވެޔޭ ހިތް އެދި ބުނެލާހެން މިތާނގާ ހުންނަން
ހީވެޔޭ ހިތް އެދި ބުނެލާހެން މިތާނގާ ހުންނަން
ނިންޖެއް ހަމަ ގައިމު ނުވާނޭ ފިނިފިނިވާ ދަންވަރު
އެދެވޭތީ އަދު ހުރެވޭ އެދި މިތުރާ ފެންނަން

ރޭދުވާ ހޭދަވެ ނިމިގެން ދެޔެ މިތުރާގެ ނަމުން

ނޫރަކީ ތީއެ ޙަޔާތަށް އެ އުޖާލާ ގެންނަން
ނޫރަކީ ތީއެ ޙަޔާތަށް އެ އުޖާލާ ގެންނަން
ނިންޖެއް ހަމަ ގައިމު ނުވާނޭ ފިނިފިނިވާ ދަންވަރު
އެދެވޭތީ އަދު ހުރެވޭ އެދި މިތުރާ ފެންނަން

ލޯބިވާ ހޯދެޔެ ލޯބީގަ ހަނދާން އާވާހިނދު
ލޯބިވާ ހޯދެޔެ ލޯބީގަ ހަނދާން އާވާހިނދު
އަދު ކަލާ ލޯބި ނުވޭހޭ ބުނެލާށޭ އަންގަން
އަދު ކަލާ ލޯބި ނުވޭހޭ ބުނެލާށޭ އަންގަން
ނިންޖެއް ހަމަ ގައިމު ނުވާނޭ ފިނިފިނިވާ ދަންވަރު
އެދެވޭތީ އަދު ހުރެވޭ އެދި މިތުރާ ފެންނަން
އެދެވޭތީ އަދު ހުރެވޭ އެދި މިތުރާ ފެންނަން

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.

info@dhivehilyrics.com

އިން

އެކު