© ދިވެހި ލިރިކްސް
އެންމެ މަގުބޫލު
1
ފިލާނެތޯ ލޯތަކުން މިފޫދޭ
2
ދޮން ކަނބުލޮ ނިދާލާށޭ
3
އިތުރު ރަސޫލާ
4
ނަބީ އަމީނޭ
5
ޙަސްބީ ރައްބީ ޖައްލަﷲ - حَسْبِیْ رَبِّی جَلَّ اللّٰہ
އެންމެ ފަހުގެ
1
ރީތީގެ ރާނީ އުޖާލާ
2
ކުރަންވީއޭ ދުޢާ
3
އޭނަބިއްޔާއޭ ސޮލާތާ
4
ޤައުމަށްޓަކާ ދީނަށްޓަކާ
5
އުދަރެސް
މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.
އަލި ނޫރު
ރާގު: ޔޭތޮ ސަޗްހޭކެ ބަގްވާންހޭ
ޅެން: ޢަބްދުﷲ ޢަފީފް
ހާދަ އަލި ސާފުވީ ނޫރެކޭ، ޙައްޤު ބާޠިލު އެނގޭނޭ މަގޭ
އެންގެވީ ހާމަކޮށް އެންމެނަށް މާތް މުޙައްމަދު ނަބީ މުޞްޠަފާ
ހާދަ އަލި ސާފުވީ ނޫރެކޭ
އަންގަވައި ދެއްވިޔޭ ކަންކުރަންވީ ގޮތާ
ދުރުވެދާންވީ އެހުރިހާ ނުބައި ފާފަޔާ
އޯއޯއޯ
ޝައްކު ކުރުމާނުލާ ތެދުހިތުން ކޮށް ޤަބޫލް
ވާށަ އީމާން ކިޔަންވާނެ މާތް ކަލިމަޔާ
ވައުޟު އިއްވާ ނަސޭޙަތްތަކާ
ޚުލްޤު ހެޔޮ ރީތި ސިފަފުޅު ތަކުން
އެންގެވީ ހާމަކޮށް އެންމެނަށް މާތް މުޙައްމަދު ނަބީ މުޞްޠަފާ
ހާދަ އަލި ސާފުވީ ނޫރެކޭ
ޙަސަދަޔާ ފިތުނަޔާ ކުފުރު ޝިރުކާ ނުބައި
އެންމެހާ އާދަތައް ވެރިވި މައްކާ ބިމުން
އޯއޯއޯ
އަސަރަކާވެސް ނުލާ ކަތިލުމާ ފޭރުމާ
މަރުނުވާ ކުދި ދަރިން ވަޅުލި ބިރުވެރި ބިމުން
ކިބުރުވެރި މުޝްރިކުން ބަލިވެގެން
ފެތުރިގެން ދިޔަ މި މަތިވެރި ވި ދީން
އެންގެވީ ހާމަކޮށް އެންމެނަށް މާތް މުޙައްމަދު ނަބީ މުޞްޠަފާ
ހާދަ އަލި ސާފުވީ ނޫރެކޭ، ޙައްޤު ބާޠިލު އެނގޭނޭ މަގޭ
އެންގެވީ ހާމަކޮށް އެންމެނަށް މާތް މުޙައްމަދު ނަބީ މުޞްޠަފާ