© ދިވެހި ލިރިކްސް
އިބްރާހިމް މަމްދޫހް (މަންޑޭ)
-
އިބްރާހިމް މަމްދޫހް (މަންޑޭ) ގެ ލަވަތައް
މަންމަ
އިބްރާހިމް މަމްދޫހް (މަންޑޭ)
އެންމެ މަގުބޫލު
1
ފިލާނެތޯ ލޯތަކުން މިފޫދޭ
2
ދޮން ކަނބުލޮ ނިދާލާށޭ
3
އިތުރު ރަސޫލާ
4
ނަބީ އަމީނޭ
5
ޙަސްބީ ރައްބީ ޖައްލަﷲ - حَسْبِیْ رَبِّی جَلَّ اللّٰہ
އެންމެ ފަހުގެ
1
ރީތީގެ ރާނީ އުޖާލާ
2
ކުރަންވީއޭ ދުޢާ
3
އޭނަބިއްޔާއޭ ސޮލާތާ
4
ޤައުމަށްޓަކާ ދީނަށްޓަކާ
5
އުދަރެސް
މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.
އިންސާނާމީ ދޯ ލޯބީގެ އަޅެކޭ
ރާގު: -
ޅެން: ޢީސާ ޝަރީފު
އިންސާނާމީ ދޯ ލޯބީގެ އަޅެކޭ
ޖިސްމާ ހިތާ ލޭން ފިދާވާނެޔޭ
ކަންފަތް ދޮށުގައި ސިއްރުންނޭ ޙާލު ކިޔައި އިއްވޭނީ
ޙާލު ބުންޏަސް އިވިގެންނޫންހޭ ސާފުކޮށް އެނގޭނީ
ޙިއްސާ ވަންޏާ ލޯބީގައި އޭރުންނޭ އެނގޭނީ
ކަން ނުވެ ނަންވާން ބޭނުންހޭ
ބޭޒާރޭ ދެން ވާނީ
ވިސްނާލަންވާނޭ ސިއްރެއް ނުވާނޭ
މާދަމާ ރަށަށް ބަދުނާމު ވާނޭ
އިންސާނާމީ ދޯ ލޯބީގެ އަޅެކޭ
ޖިސްމާ ހިތާ ލޭން ފިދާވާނެޔޭ
މޫސުން ދޭ ޢިޝާރާތުންނޭ ހިތްހަމަ ޖެހޭނީ
ސީދާ ހިތަށް އަނިޔާ ވަންޏާ ކާކުހޭ ނުރޯނީ
ކުދި ރާޅޭ ބީހޭ އަޑު ދަންވަރު އިވޭނީ
ހިއްވަރު ކޮށްފައި ލޯމެރީމާ ޚިޔާލުތަކޭ އާވަނީ
މޫސުން ބަދަލުވީ އުދަރެސް އެ އަލިވީ
ދައްކާ ދަޅަޔަށް ކެތްކުރަން ވާނެޔޭ
އިންސާނާމީ ދޯ ލޯބީގެ އަޅެކޭ
ޖިސްމާ ހިތާ ލޭން ފިދާވާނެޔޭ