© ދިވެހި ލިރިކްސް
އައްސޭރި
-
އައްސޭރި ގެ ލަވަތައް
ކިޔާލަދީ ކިޔާލަދީ
ޢަލީ ރަމީޒު
ފަޒީލާ އާމިރު
އެންމެ މަގުބޫލު
1
ދޮން ކަނބުލޮ ނިދާލާށޭ
2
ފިލާނެތޯ ލޯތަކުން މިފޫދޭ
3
އިތުރު ރަސޫލާ
4
އީމާނޭ ހިތުގާ އާލާވަނީ
5
ނަބީ އަމީނޭ
އެންމެ ފަހުގެ
1
ރީތީގެ ރާނީ އުޖާލާ
2
ކުރަންވީއޭ ދުޢާ
3
އޭނަބިއްޔާއޭ ސޮލާތާ
4
ޤައުމަށްޓަކާ ދީނަށްޓަކާ
5
އުދަރެސް
މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.
ހީލަތުގާ މުޅިން
ރާގު: -
ޅެން: ޅެންވެރިޔާ ނޭނގޭ
ހީލަތުގާ މުޅިން ޢުމުރު މީ ހޭދަވާ
މިތުރާއޭ ތިޔަވީ ލޯބިން ބޭވަފާ
ހަރުލާފާ ކަންފަތުގަ ވެޔޭ
އޭރު ރޮއެ ހަދާ އަޑުއިވެޔޭ
ހަރުލާފާ ކަންފަތުގަ ވެޔޭ
އޭރު ރޮއެ ހަދާ އަޑުއިވެޔޭ
ހޯ.......
ކޮއްފާ އެހާ ލޯބި ހުވާ
އިންސާނެއް ތީ ވަޢުދު އުވާ
ހީލަތުގާ މުޅިން ޢުމުރު މީ ހޭދަވާ
މިތުރާއޭ ތިޔަވީ ލޯބިން ބޭވަފާ
ނިދުނީމާ ހުވަފެން ފެނެޔޭ
މިދެލޯ އެބަ ކަރުނުން ތެމެޔޭ
ނިދުނީމާ ހުވަފެން ފެނެޔޭ
މިދެލޯ އެބަ ކަރުނުން ތެމެޔޭ
ހޯ.......
ޙާލު ބަލަން ކާކުހުރީ
އިންތިޒާރުގާ މިއަޑު އަހާ
ހީލަތުގާ މުޅިން ޢުމުރު މީ ހޭދަވާ
މިތުރާއޭ ތިޔަވީ ލޯބިން ބޭވަފާ
ތަރި ގުނަމުން އެކު ހީ އުޅުނޭ
އޭރު އެތަނުގާ މާ ފޮޅުނޭ
ތަރި ގުނަމުން އެކު ހީ އުޅުނޭ
އޭރު އެތަނުގާ މާ ފޮޅުނޭ
ހޯ.......
ވިސްނާބަލާ ލޯބި ކަލާ
ނެތްހަމަ ރަޙުމެއް ގައިމު ހިލާ
ހީލަތުގާ މުޅިން ޢުމުރު މީ ހޭދަވާ
މިތުރާއޭ ތިޔަވީ ލޯބިން ބޭވަފާ