ވިންދު ލޯބިން ޖެހި ހިތެއްގާ އެހަނދާނެއްގާ މިއަދު ވީމޭ އިންތިޒާރާ އުފާ ދިން ކޮބާ އިންތިހާ ލޯބިވީ ދެން ކޮބާހޭ އާހުގާ ވަމޭ ތިޔަދިން ވޭނުގާ އެހެނަސް ފެނެއް ނޭދެމޭ ބޭކާރު ދުނިޔޭގަ ވެއްޖޭ ބޭޒާރު ކުރި ޢިޝްގުގާ ލޭނާރުތަކުގާ ޒަހަރުލީ ވިންދާއެކީ އުތުރިފާ ތަގުދީރުގާ ހުރިގޮތޭ ބުނެކަލާ މަޖުބޫރުކުރިވީ މި އަނިޔާ އާހުގާ ވަމޭ ތިޔަދިން ވޭނުގާ އެހެނަސް ފެނެއް ނޭދެމޭ ވިންދު ލޯބިން ޖެހި ހިތެއްގާ އެހަނދާނެއްގާ މިއަދު ވީމޭ މޭގާވި ހިތް ޒަޚަމު ވެއްޖޭ ބަދުނާމު ކުރި ޢިޝްގުގާ ނޭވާނުލެވި ހަނދުމަތަކުގާ ވޭނާ ތުރާ ދީފަ ވީމާ މަރުވެއްޖެޔޭ އެކުއެކަށްނެތް މަގޭ ދިރުމެއް މިހާރަކު މިހިތުގާ އާހުގާ ވަމޭ ތިޔަދިން ވޭނުގާ އެހެނަސް ފެނެއް ނޭދެމޭ ވިންދު ލޯބިން ޖެހި ހިތެއްގާ އެހަނދާނެއްގާ މިއަދު ވީމޭ އިންތިޒާރާ އުފާ ދިން ކޮބާ އިންތިހާ ލޯބިވީ ދެން ކޮބާހޭ ގޮސް ނެތިއްޖޭ

ޅެންވެރިޔާ

އަލްބަމް

ލޮގިން ވާކަށް ނުޖެހޭނެ.

ތިޔަ ބޭފުޅުންގެ އެންމެ މަޤުބޫލު ލަވަތަކުގެ ލިރިކްސް އަވަހަށް ފޮނުއްވާ!

ލަވަ ފޮނުއްވުމަށް

ދަންނަވާލުމެއް!

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.