ވިދާ ގުރަހައިގެ ތަރިތަށްވެސް ތިބާ ފެނިފާ ސަޖިދަ ކުރޭއޭ ފިދާ ނުމެވާނެ މަޚްލޫގެއް އުޑާ ބިމުގާ ހިލާ ނުވޭއޭ ވިދާ ގުރަހައިގެ ތަރިތަށްވެސް ސަލާމޭ އާޝިޤާ އޭ ލޮތްބަކީ ތިއަޔޭ މަގޭ ރޫހީ ކަލާ ތީ ހޫރެކޭ ރޮށަން އުޖާލާ މޫނުގެ ވެރި ޝާހީ ބަލާށޭ ފަހެ ހަނދަށްވެސް އަލި ކަމެއް ލިބިފާ ތިހާ ނުވޭއޭ ވިދާ ގުރަހައިގެ ތަރިތަށްވެސް ޔަޤީނޭ މީރުވަސް ފިނިފެން މަލަށް ލިބުނީ ކަލާގެ ވަހުން ހަޤީޤީ ރީތިކަށް ހުރިހާ މަލަށް ލިބުނީ ތިޔަ ރީތިކަމުން ބަގީޗާ ގާ ތިހާ ފުރިހަމަ މަލެއް ތާޒާ ފޮޅުން ނުވޭއޭ ވިދާ ގުރަހައިގެ ތަރިތަށްވެސް ތިބާ ފެނިފާ ސަޖިދަ ކުރޭއޭ ފިދާ ނުމެވާނެ މަޚްލޫގެއް އުޑާ ބިމުގާ ހިލާ ނުވޭއޭ ވިދާ ގުރަހައިގެ ތަރިތަށްވެސް

ޅެންވެރިޔާ

އަލްބަމް

ލިރިކްސް އެއް ނޫނީ މަދަޙައެއް އެބައޮތްތޯ؟

އަޅުގަނޑުމެންގެ ޓީމުގައި ބައިވެރިވާން ބޭނުންތޯ؟

އީމެއިލް ކުރައްވާ

info@dhivehilyrics.com

ލޮގިން ވާކަށް ނުޖެހޭނެ

ތިޔަ ބޭފުޅުންގެ އެންމެ މަޤުބޫލު ލަވަ އަދި މަދަޙައިގެ ލިރިކްސް އަވަހަށް ފޮނުއްވާ!

ދަންނަވާލުމެއް!

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.