© ދިވެހި ލިރިކްސް
އެންމެ މަގުބޫލު
1
ދޮން ކަނބުލޮ ނިދާލާށޭ
2
އިތުރު ރަސޫލާ
3
ނަބީ އަމީނޭ
4
ފިލާނެތޯ ލޯތަކުން މިފޫދޭ
5
އިސްނެންގެވި މާތްވީ ސާހިބުން
އެންމެ ފަހުގެ
1
ރީތީގެ ރާނީ އުޖާލާ
2
ކުރަންވީއޭ ދުޢާ
3
އޭނަބިއްޔާއޭ ސޮލާތާ
4
ޤައުމަށްޓަކާ ދީނަށްޓަކާ
5
އުދަރެސް
މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.
ވަރިކުރުން
ރާގު: -
ޅެން: ޅެންވެރިޔާ ނޭނގޭ
ވަރިކުރާވަރު ކަމެއް ނުހިނގިޔަސް
ވަރިކުރުން ހާދަ ގިނަވަމުންދޭ
ރުޅި އަރާ ކަމުގެ ދެކޮޅު ނުބަލާ
މުޅި ޙަޔާތް ބާދުބަރު ބަ ކޮއްދޭ
ލޯބިވާ ދެމަފިރިން ދެމެދުވެސް
ގޯސްކަމެއް ފަހަރުގާ ވެދާނޭ
ލޯބިވާ ދެމަފިރިން ދެމެދުވެސް
ގޯސްކަމެއް ފަހަރުގާ ވެދާނޭ
ނޯންނަނަމަ ތެރިވުމެއް ނަސޭޙަތް
ފިތުނަވެރިކަން އިތުރުވަމުންދޭ
ވަރިކުރާވަރު ކަމެއް ނުހިނގިޔަސް
ވަރިކުރުން ހާދަ ގިނަވަމުންދޭ
ބުރަމަސައްކަތް ރެއާ ދުވާލާ
ކުޅަ ތިމާ ގައިން ދާ އޮހޮރުވާލާ
ބުރަމަސައްކަތް ރެއާ ދުވާލާ
ކުޅަ ތިމާ ގައިން ދާ އޮހޮރުވާލާ
ހުޅަނގު މޫސުމުގެ ޖޫންޖުލައިގާ
އުޅަނދުގާތިބެ އޮޔާލަމުން ދޭ
ވަރިކުރާވަރު ކަމެއް ނުހިނގިޔަސް
ވަރިކުރުން ހާދަ ގިނަވަމުންދޭ
މީރުކަން ކައިވެނީގެ އަސްލާ
ރީތިކޮށް ދަސްނުކޮށް ދުރާލާ
މީރުކަން ކައިވެނީގެ އަސްލާ
ރީތިކޮށް ދަސްނުކޮށް ދުރާލާ
މީހުނާއިނދެ ދަރިން ބަހާލާ
މިންޖުނުވެގެން ފަހުން ދުރަށްދޭ
ވަރިކުރާވަރު ކަމެއް ނުހިނގިޔަސް
ވަރިކުރުން ހާދަ ގިނަވަމުންދޭ
ރުޅި އަރާ ކަމުގެ ދެކޮޅު ނުބަލާ
މުޅި ޙަޔާތް ބާދުބަރު ބަ ކޮއްދޭ
ވަރިކުރާވަރު ކަމެއް ނުހިނގިޔަސް
ވަރިކުރުން ހާދަ ގިނަވަމުންދޭ
ވަރިކުރުން ހާދަ ގިނަވަމުންދޭ
ވަރިކުރުން ހާދަ ގިނަވަމުންދޭ