ވާރޭ ވެހެން ފެށީއޭ މޫސުން ބަދަލުވަނީއޭ
ކަޅުފުސް ވިލާތަކުން އައި އުދަރެސް ވަށާލަނީއޭ
ވައިރޯޅިން ތޫނު ޙަމަލާދޭ ހޫނު
މިންޖެއް މިއަދު ނުވާނޭ
ވައިރޯޅިން ތޫނު ޙަމަލާދޭ ހޫނު
މިންޖެއް މިއަދު ނުވާނޭ
ފޮރުވީމާ މޫނު ލޭގާވާ ހޫނު
އިޙުސާސު މާ ޒުވާނޭ
ޖަޒުބާތުތައް ފިނީގާ ކުޅެމުންދަނީ ހިތާއޭ
ވާރޭ ވެހެން ފެށީއޭ މޫސުން ބަދަލުވަނީއޭ
އައުމުން ތޫފާން ވާހާ ޙައިރާން
މަންޒަރު ބަދަލުވެ މިދަނީ
އައުމުން ތޫފާން ވާހާ ޙައިރާން
މަންޒަރު ބަދަލުވެ މިދަނީ
ވައިރޯޅި ބާރު ވެއްޖޭ މިހާރު
ގުގުރާ ވިދަން އެފަށަނީ
ޖަޒުބާތުތައް ފިނީގާ ކުޅެމުންދަނީ ހިތާއޭ
ވާރޭ ވެހެން ފެށީއޭ މޫސުން ބަދަލުވަނީއޭ
މިހިތަށް މިހާރު ފޯރާހޭ ބާރު
ރަނިކަން ކަލާ ކުރާތީ
މިހިތަށް މިހާރު ފޯރާހޭ ބާރު
ރަނިކަން ކަލާ ކުރާތީ
ޔާރާގެ މޫނު ހުވަފެންތަކުން
ނަމަވެސް ދެކެން އެދޭތީ
މާޔޫސްވަމުން ދަނީއޭ އަނިޔާ ހިތަށްވަނީއޭ
ވާރޭ ވެހެން ފެށީއޭ މޫސުން ބަދަލުވަނީއޭ