އުއްމަތުގެ ނަބިއްޔާއޭ،
އުއްމަތުގެ ރަސޫލާއޭ
އުއްމަތުގެ ރިސާލާތޭ،
ތިޔަ ނޫރު ނަބިއްޔާއޭ
ރައްކައުވިޔެ މައިކަނބަލުން،
ރައްކާވި ނަބީ އެހިނދުން
ރައްކައުވިއެ މައި ހޫރުން،
ރައްކައުވި ވަގުތު އެތަނުން
މައްކާގެ ބިމުން އަލިވީ،
ތިޔަ ނޫރު ނަބިއްޔާއޭ
މާޒީގެ އެތައް ކަމަކާ،
މާޔޫސްވި އެތައް ބަޔަކާ
ފާއިތުވި އެތައް އަހަރާ،
ތާރީޚް އަލުން ފެށުމާ
ޤާއިމްވި މިއުއްމަތަކީ،
ތިޔަ ނޫރު ނަބިއްޔާއޭ
ލައްވާށެ ނަބިއްޔާއަށް،
ޙަމްދާއި ސަނާ ޞަަލަވާތް
ލައްވާށިއެ އާލުންނާ،
މަތިވެރިވި ޞަޙާބީންނާ
ލައްވާށި އެދޭ އެދުމޭ،
ތިޔަ ނޫރު ނަބިއްޔާއޭ