ޝަބުނަމުން ދުލަ ފެތުރޭ މި ބިމުގާ ފަނޑުވެ ޢިޝްޤުގެ އުފާތައް ނުދާނެހެން ޝަބުނަމުގެ ރީތި ނަން ދީފައިވާ މަލަށް ހިތުގަ ރަނިކަން ކުރަން ހިތް މި ލޯބިން ދިނީ (ހިތުގަ ރަނިކަން ކުރާށޭ މަ ލޯބިން ދިނީ) ހާދަ ރީއްޗޭ ކަލާ، ހާދަ ނަލައޭ ކަލާ ހާދަ ބޭނުންވެޔޭ ފެނިލުމުން ހީލުމަށް މާމަލުގެ މީރުވަސްތައް މި ހާހުން ގުނާ ބެލިޔަކަސް އަދިނެތޭ ދެވަނައެއް ހަމަހިލާ މާބަގީޗާތެރޭން ގެއްލިދާނެތީ ވަޢުދުވީމޭ އަބަދުވެސް މަ ލޯބިން އުޅެން ޝަބުނަމުން ރީތި ނަން ދީފައިވާ މަލަށް ހިތުގަ ރަނިކަން ކުރަން ލޯބިން ދިނީ ހާދަ ހީވޭ ކަލާ، ގާތު ވާހެން މަގޭ ހާދަ އުފަލެއް ވެޔޭ ފެނިލުމުން އަދު ކަލާ ވާދަވެރި ދަތުރުގައި ކުރިއަރައިގެން އައީ ހިތްތަކެއް މޯޅިކޮށް ފަސްދެމުންނޭ ކަލާ ވާ ހަނދާންތަކުގައި ޝާމިލްވެދީބަލާ އާޙަޔާތެއް ފަށަން ތިބާ ހިތް ދީބަލާ ޝަބުނަމުން ދުލަ ފެތުރޭ މި ބިމުގާ ފަނޑުވެ ޢިޝްޤުގެ އުފާތައް ނުދާނެހެން ޝަބުނަމުން ރީތި ނަން ދީފައިވާ މަލަށް ހިތުގަ ރަނިކަން ކުރަން ލޯބިން ދިނީ

މިޔުޒިކް: ފްރެގްރެންސް ސްޓޫޑިއޯ ޅެން: ސައިއްޓޭ އަދި ނަދީމް ރެކޯޑިން އާއި މާސްޓަރިން: ފަރުހާދު (ފަރޭ) ޕްރޮޑިއުސަރ: ސައިއްޓޭ

ލިރިކްސް އެއް ނޫނީ މަދަޙައެއް އެބައޮތްތޯ؟

އަޅުގަނޑުމެންގެ ޓީމުގައި ބައިވެރިވާން ބޭނުންތޯ؟

އީމެއިލް ކުރައްވާ

info@dhivehilyrics.com

ލޮގިން ވާކަށް ނުޖެހޭނެ

ތިޔަ ބޭފުޅުންގެ އެންމެ މަޤުބޫލު ލަވަ އަދި މަދަޙައިގެ ލިރިކްސް އަވަހަށް ފޮނުއްވާ!

ދަންނަވާލުމެއް!

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.