ދިވެހި ލިރިކްސް

© ދިވެހި ލިރިކްސް

ހ
ށ
ނ
ރ
ބ
ޅ
ކ
އ
ވ
މ
ފ
ދ
ތ
ލ
ގ
ޏ
ސ
ޑ
ޒ
ޓ
ޔ
ޕ
ޖ
ޗ
ޙ
ޚ
ޢ
ޣ
ޠ
ޘ
ޡ
ޤ
ޛ
ޞ
ޝ
ޟ
ޜ
ޥ

އެންމެ މަގުބޫލު

1

އިތުރު ރަސޫލާ

2

ދޮން ކަނބުލޮ ނިދާލާށޭ

3

ފިލާނެތޯ ލޯތަކުން މިފޫދޭ

4

ނަބީ އަމީނޭ

5

ޙަސްބީ ރައްބީ ޖައްލަﷲ - حَسْبِیْ رَبِّی جَلَّ اللّٰہ

އެންމެ ފަހުގެ

1

ރީތީގެ ރާނީ އުޖާލާ

2

ކުރަންވީއޭ ދުޢާ

3

އޭނަބިއްޔާއޭ ސޮލާތާ

4

ޤައުމަށްޓަކާ ދީނަށްޓަކާ

5

އުދަރެސް

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.

އެކު

އިން

info@dhivehilyrics.com

ރައްކާވުމުގެ ނިޝާން ތަކޭ

ރާގު: -

ޅެން: ޅެންވެރިޔާ ނޭނގޭ

ރައްކާވުމުގެ ނިޝާންތަކޭ
މުޅި ދޭހުގާ ވިދަންފެށީ
މުޅި ދޭހުގާ ވިދަންފެށީ
މަންމާފުޅަށް ބަޝާރަތާ
ބުޝްރާތަކޭ ލިބެންފެށީ

އާލާސްވެ އިންނެވީއްސުރެން
ހުވަފެންފުޅޭ ޙަޤީޤަތުން
ޙާލާ ގުޅޭ ޚަބަރުތަކޭ
މާސާފުކޮށް އެނގެންފެށީ
މާސާފުކޮށް އެނގެންފެށީ

ޕޭޣާމަކާ ނިދާތަކުން
އޭގާ ހިނގާ ޚިދާތަކުން
ޕޭޣަންބަރުންގެ ދޫފުޅުން
އިޢުލާނެކޭ ހިނގަންފެށީ
އިޢުލާނެކޭ ހިނގަންފެށީ

ބަރަކާތްތަކާއި ރަޙްމަތުން
ފުރިގެންނެވީއެ ސާޢަތުން
ޙަރަމާ ފަޒާ ކަރާމަތުން
ތަރުޙީބެކޭ ކިޔަންފެށީ
ތަރުޙީބެކޭ ކިޔަންފެށީ

މައްކާ ވިދާލި ވިދުމަކާ
ދައްކާލި މޮޅު އަޖައިބަކާ
ޙައްޤުން ހިނގާ ބަޔާނަކާ
އަލި ނޫރެކޭ ވިދަންފެށީ
އަލި ނޫރެކޭ ވިދަންފެށީ

އަލިގަދަވެގެންވި ތަރިތަކާ
ފަލަކަށް އެއައި ބަދަލުތަކާ
މަލަކުންގެ މާތް އަސަރުތަކާ
ތަޤުދީމެކޭ ހިނގަންފެށީ
ތަޤުދީމެކޭ ހިނގަންފެށީ

ޙޫރުންގެ މާތްވި ވަފުދަކާ
ނޫރެއް ވިދާލި މަޖުދަކާ
ރޫޙެއް ލިބޭނެ ޙަމްދަކާ
މާޙައުލެކޭ ހިނގަންފެށީ
މާޙައުލެކޭ ހިނގަންފެށީ

ހުވަނދެއްގެ ލުއި ޢަބީރަކާ
ގުޅިގެން ހިނގާ ބަޝީރަކާ
ދުވަހަކު ނުދާ ރަބީޢެކޭ
މުޅި ދޭހުގާ ވިދަންފެށީ
މުޅި ދޭހުގާ ވިދަންފެށީ

އަކުވާނުގާ ސަލާމަތާ
ޙިކުމަތްފުޅުގެ ޢިނާޔަތާ
ޒިކުރާވެވޭ ހިދާޔަތޭ
ތަކުބީރަކުން އިވެންފެށީ
ތަކުބީރަކުން އިވެންފެށީ

ތަންމުތްތަކާ ޖަވާހިރުން
ރަންކަން ލިބޭ ޖަވާހިރުން
ކަންކޮޅުތަކުން މުޙައްމަދީ
ނަންފުޅުތަކޭ ކިޔެންފެށީ
ނަންފުޅުތަކޭ ކިޔެންފެށީ

ހުރިހާ ޖަދަލު ބަދަލުވެގެން
ހުރިހާކަމެއް އަޒަލްވެގެން
ފުރިހަމަ ނިޒާމު އާވެގެން
ކުރިލާހެނޭ ވެހެންފެށީ
ކުރިލާހެނޭ ވެހެންފެށީ

ސައްލަލް އިލާހް ޢަލަން ނަބީ
ވަލް އާލި ވައް ސަޙްބިލް އަބީ
ދިއްލޭ މިފަދަ ޢިބާރަތޭ
ތަޝްރީފުގާ ކިޔެންފެށީ
ތަޝްރީފުގާ ކިޔެންފެށީ