© ދިވެހި ލިރިކްސް
އެންމެ މަގުބޫލު
1
ފިލާނެތޯ ލޯތަކުން މިފޫދޭ
2
ދޮން ކަނބުލޮ ނިދާލާށޭ
3
އިތުރު ރަސޫލާ
4
ނަބީ އަމީނޭ
5
ޙަސްބީ ރައްބީ ޖައްލަﷲ - حَسْبِیْ رَبِّی جَلَّ اللّٰہ
އެންމެ ފަހުގެ
1
ރީތީގެ ރާނީ އުޖާލާ
2
ކުރަންވީއޭ ދުޢާ
3
އޭނަބިއްޔާއޭ ސޮލާތާ
4
ޤައުމަށްޓަކާ ދީނަށްޓަކާ
5
އުދަރެސް
މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.
ނުދާށޭ ވަކިވެގެން
ރާގު: -
ޅެން: ޅެންވެރިޔާ ނޭނގޭ
ނުދާށޭ ވަކިވެގެން އަދު
ތިޔަގޮތަށް އަހުރެން އެކަނިކޮށްފާ
ވަދާޢުގެ އެންމެ ފަހުގެ
ސަލާމަކުން އަތްޖޯޑު ކޮށްލާފާ
ރުޅިން އަމުދުން ތިހެން ދިއުމީ
މިއަދު އިންސާފަކަށް ނުވެޔޭ
މުޅިން ހިތް ބަދަލުކޮށްލާފާ
ގުޅުން ދެހިތުގެ ކަނޑާލާފާ
ދެހިތް ލޯބީގެ މެހެފިލްގާ
އެތައްފަހަރަކު އުފާކޮށްފާ
ދެހިތް ދެހިތަށް އެދިން
އުފަލާ އަރާމާ ހަނދުމަ ކޮށްލާފާ
އެ ފަރި ފަރި ރޭތަކުގެ ހަނދުވަރު
ހިމޭންކަން މިލްކުވީ ދަންވަރު
އެ ފަރިވީ މާތަކެއްގެ އަސަރު
ހިތުން ދީފާ ހަނދުމަކޮށްފާ
ގޮތެއްނެތިގެން ތިލޯބީގާ
ސިކުނޑި މުޅިއިން ޚަރާބުވެފާ
ގޮތެއް ހިތްހަމަޖެހެން ނެތުމުން
އެއާމެދު ފިކުރުކޮށްލާފާ
ވަޒަންކޮށް ހިތްޕުޅުން އެއްފަހަރު
ނަމަވެސް އަޅުގެ ނިކަމެތިވީ
މި ނިކަމެތި ހަށިގަނޑަށްދޭކަށް
ހިތަށް ކުރުވާ ހަނދުމަކޮށްފާ
ޙަޔާތުގެ އެންމެއެދެވޭ
ލޯބިވާ ތިޔައޭ މަޙައްބަތަކީ
ޙަޔާތަށް އަޅުގެ އަންނާނޭ
މި އަފުސާނާ ވަޒަންކޮށްފާ
ވަދާޢުގެ އެންމެފަހު ވަގުތަށް
ލިބޭ އަފުސޫސް ހަނދުމަކޮށްފާ
ނުދާށޭ ވަކިވެގެން އަދު
ތިޔަގޮތަށް އަހުރެން އެކަނިކޮށްފާ
ވަދާޢުގެ އެންމެ ފަހުގެ
ސަލާމަކުން އަތްޖޯޑު ކޮށްލާފާ
އަތާ އަތް ޖޯޑުކޮށްލާފާ