ނުދާނޭ މިރޭގެ ހަނދާންތައް

ނުދާނޭ މިރޭގެ ހަނދާންތައް ހިތަކުން ޔަގީނޭ
ތަައުރީފު ލޯބިން މިރޭ ކޮށް ހަދާނޭ
އުފަލެއް ލިބޭތޯ މިތަންވަޅު ބަލާނޭ

ބަޔާން ވެވޭހޭ އަސަރު ދެހިތުގާ އުފެދޭނޭ
ލޮލުން ލޮލަށް ދޭ ނަޒަރު ޒަޚަމް ހިތް ކުރުވާނޭ
ލޯބިވާއޭ ބުނަން އުޅޭހެން ހީވަނީއޭ
ގައިމޭ ހިމޭނުން ހިތަށް ކެތްނުވާނޭ
ހިތުގެ ޙާލު ލޯބިން އަންގަން އުޅޭނޭ
ނުދާނޭ މިރޭގެ ހަނދާންތައް

ލޯބިވާ ބީވުމުން ހިތާމައިން ގިސްލާނޭ
ކީއްވެބާއޭ މިހެން ދިމާވީ ހީވާނޭ
އިއްޔެ ދުށް ރަންޒަމާން ހަނދާނަށް އަންނާނޭ
އުފަލުން ބައެއް ހިތް ހިނިތުން ވެލާނޭ
ބައެއް ހިތް މިދުނިޔޭން ބާކީވެދާނޭ
ނުދާނޭ މިރޭގެ ހަނދާންތައް

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.

info@dhivehilyrics.com

އިން

އެކު