ނިޢުމަތް އެހޯއްދެވީމީ ސަޢުދިއްޔާ މާތް ޙަލީމާ
މަންމާފުޅެއްގެ ޒާތުން އިސްނެންގެވީ ޙަލީމާ
އަރިހުންނެ އާމިނަތުވީ ލޮބުވެތި ވަޞިއްޔަތައިގެން
ޤައުމަށް އެބުރިވަޑައިގެން ޚިދުމަތް އެމާތްކުރައްވާ
ކިރުފޮދު މިހިއްޕަވާއިރު ތުއްޕުޅު މިދަރިކަލުން މާތް
އިންޞާފު ދެކިވަޑައިގެން އަޚަކަށް އެގެންގުޅުއްވާ
ހިތްޕުޅު އެނަންގަވައިގެން މަލަކުންގެ އަތްޕުޅުންނޭ
ޡާހިރު ކުރެއްވި މަންޒަރު ތަސްލީމްވެސް ކުރައްވާ
ނިޢުމަތްތަކާ ކަރާމާތް އޮހިގެން މިއައި ގޮތުން ދެން
އުންމަތުގެ ސާހިބާކަން އަބަދަށް ޔަޤީން ކުރައްވާ