ދިވެހި ލިރިކްސް

© ދިވެހި ލިރިކްސް

ހ
ށ
ނ
ރ
ބ
ޅ
ކ
އ
ވ
މ
ފ
ދ
ތ
ލ
ގ
ޏ
ސ
ޑ
ޒ
ޓ
ޔ
ޕ
ޖ
ޗ
ޙ
ޚ
ޢ
ޣ
ޠ
ޘ
ޡ
ޤ
ޛ
ޞ
ޝ
ޟ
ޜ
ޥ

އެންމެ މަގުބޫލު

1

ފިލާނެތޯ ލޯތަކުން މިފޫދޭ

2

ދޮން ކަނބުލޮ ނިދާލާށޭ

3

އިތުރު ރަސޫލާ

4

ނަބީ އަމީނޭ

5

ކުރަންވީ ހަނދާނާއި ޒިކުރާތަކޭ މީ

އެންމެ ފަހުގެ

1

ރީތީގެ ރާނީ އުޖާލާ

2

ކުރަންވީއޭ ދުޢާ

3

އޭނަބިއްޔާއޭ ސޮލާތާ

4

ޤައުމަށްޓަކާ ދީނަށްޓަކާ

5

އުދަރެސް

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.

އެކު

އިން

info@dhivehilyrics.com

ނަސޭޙަތްތެރި ވަމޭ ހުރިހާ ކުދިންނަށް

ރާގު: -

ޅެން: ޅެންވެރިޔާ ނޭނގޭ

ނަޞޭޙަތްތެރި ވެމޭ ހުރިހާކުދިންނަށް ފަށްފަށުން މިރޮނގުން
ނަޞީބު މިދުނިޔެއާއި އާޚިރަތުގާ ޙާޞިލް ކުރުން އެދެމުން

ވަޤުތު ފާއިތު ނުކޮށް ވަޤުތަށް ނުހަނު ޙުރުމަތްތެރިވެ ތިބެގެން
މަގުން ސީދާ ހިނގުމުގާ ޖާނު ޤުރުބާންކޮށްލުމަށް ގޮވަމުން

ޒުވާން ކަމަކީ މި އިންސާނީ ޣަނީމައެކޭ ޔަޤީނުންވެސް
ޒުވާންކަން ތިޔަކުދިން ބޭކާރު ނުކުރާށޭ އެގޮތްމިގޮތުން

ޅައުމުރުގެ ޠޯޢަތަށްވުރެ ލާބަ ހުރި މޮޅު އެއްކަމެއް ނެތްކަން
ޢިބާރާތްކޮށްދެމޭ ތަޤުވާގެ ލަފުޒަށް ޝައުޤުވެރި ކުރަމުން

ދުވަސް މާޒީކުރާށޭ އަޅުކަމުގެ ޢަމަލަށް ސަމާލުވެގެން
ދުވަސްތައް ލެއްވި ﷲއަށް ޒިކުރުކޮށް އަދި ޝުކުރު ކުރަމުން

ތިމާ ފާއިތު ކުރާހާ ވަޤުތަކީ ހެޔޮޢަމަލަކާ ނުމެލާ
ދިމާއަށް ހުރި ހަލާކާ ގެއްލުމޭ މަޙުޝަރުގެ މައިދާނުން

ފަލާޙުގެ މޮޅުކަމާ އޭހުރި ނަޞީބުގެ ބޮޑުކަމޭ ލިބެވޭ
ކަލާނގެ ރުއްސެވުން ހޯދައިފި އަޅަކަށް އަދު ބަހާ ޢަމަލުން

ހުރީ ﷲ ޙަޞްރަތުގާ އެފަދަ އިންސާނުނަށް އަގުމާތް
ހުރީ ފައުޒާއި ނަޞްރޭ ޖަންނަތުން ލިބުވާނުގާ މިރޮނގުން

ވަޤުތު ފާއިތުނުކޮށް ތައުބާވެ (އެ) ކީރިތިވަންތަ ﷲއަށް
އަޤުލް ބޭނުން ކުރާށޭ ކަންކަމަށް ވިސްނާ ފިކުރު ކުރަމުން

މިއަދު އަހަރެން މިއީ ކުޑަކުއްޖެކޭ (އެހެން) ބުނެ ނުކިޔަމަންތެރިވުން
އެއީ ބޮޑު ގޯހެކޭ ވިސްނާށެ ތިޔަ ހުރިހާ ކުދިން މިރޮނގުން

އެއީ ހަމަ ހެއްލުމެއްކަން ކަށަވަރޭ (އެއީ) މަލްޢޫނު ޝައިޠާނީ
އެއީ ބޮޑު ގެއްލުމެއްކަން ހަނދާން އާކޮށްދެމޭ އަމުދުން

ނެތޭ އެއްވެސް ހެވެއް ތައުބާނުވީނަމަ ޅައުމުރުން ރަނގަޅަށް
ވެޔޭ މިގޮތުން ފަހުން ހަމަ ޢައިބު ނުފެނުންވެސް ތިމާގެ ލޮލުން

ދިމާއަށް އަންނަ ޢާފާތުން ޙިމާޔަތްތެރި ވެގެން އަބަދަށް
ތިމާ ދުރުހެލިވެގަންނާށޭ ނުބައިހާ ފާފަޔާ ކުފުރުން