ދިވެހި ލިރިކްސް

© ދިވެހި ލިރިކްސް

ހ
ށ
ނ
ރ
ބ
ޅ
ކ
އ
ވ
މ
ފ
ދ
ތ
ލ
ގ
ޏ
ސ
ޑ
ޒ
ޓ
ޔ
ޕ
ޖ
ޗ
ޙ
ޚ
ޢ
ޣ
ޠ
ޘ
ޡ
ޤ
ޛ
ޞ
ޝ
ޟ
ޜ
ޥ

އެންމެ މަގުބޫލު

1

ދޮން ކަނބުލޮ ނިދާލާށޭ

2

އިތުރު ރަސޫލާ

3

ފިލާނެތޯ ލޯތަކުން މިފޫދޭ

4

ނަބީ އަމީނޭ

5

ޙަސްބީ ރައްބީ ޖައްލަﷲ - حَسْبِیْ رَبِّی جَلَّ اللّٰہ

އެންމެ ފަހުގެ

1

ރީތީގެ ރާނީ އުޖާލާ

2

ކުރަންވީއޭ ދުޢާ

3

އޭނަބިއްޔާއޭ ސޮލާތާ

4

ޤައުމަށްޓަކާ ދީނަށްޓަކާ

5

އުދަރެސް

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.

އެކު

އިން

info@dhivehilyrics.com

މި ރާއްޖޭގެ ސާފު ވައި

ރާގު: -

ޅެން: ޅެންވެރިޔާ ނޭނގޭ

މި ރާއްޖޭގެ ސާފު ވައި ލިބި ހެލިލަމުންދާ ފަންތަކާ
މި ދޮންވެލި ތުނޑީގެ ހުދުހުދު މާ ހިމުން ދޮންވެލި ތަކާ
ތަސައްވަރު މިކޮށްދޭ ގުދުރަތީ މިސާލު
ހިތަށް ކުރުވަމުންދޭ މާކުރީ ޚިޔާލު

މި ރާއްޖޭގެ ސާފު ވައި ލިބި ހެލިލަމުންދާ ފަންތަކާ
މި ދޮންވެލި ތުނޑީގެ ހުދުހުދު މާ ހިމުން ދޮންވެލި ތަކާ
ތަސައްވަރު މިކޮށްދޭ ގުދުރަތީ މިސާލު
ހިތަށް ކުރުވަމުންދޭ މާކުރީ ޚިޔާލު

ކުޑަކުޑަ ކުއްޖަކު ބޮޑުވަމުންދާއިރު
ވަގުތުމެ މަޑުނުވެ ވޭތުވެ ދާއިރު
ގެދޮރުމެ ކުދަނުވެ ތަންތަން އޮތް އިރު
ވަލުފެން ލޮނުނުވެ ރަނގަޅަށް ހުރިއިރު
ރުށް ގަސް މަދުނުވެ ހިތަކަށް އޮތް އިރު
ގިނަ ގުނަ ރަށް ތައް ނުގިރާ އޮތް އިރު
ވިލު ފަޅު ތިލަ ފަރު ހަޑިނުވެ އޮތް އިރު
އެގިއެގި ވާތީ އެޒަމާން އެފަހަރު ތާ

މި ރާއްޖޭގެ ސާފު ވައި ލިބި ހެލިލަމުންދާ ފަންތަކާ
މި ދޮންވެލި ތުނޑީގެ ހުދުހުދު މާ ހިމުން ދޮންވެލި ތަކާ
ތަސައްވަރު މިކޮށްދޭ ގުދުރަތީ މިސާލު
ހިތަށް ކުރުވަމުންދޭ މާކުރީ ޚިޔާލު

މެދުއުމުރަށް ފަހު ވިސްނާލާއިރު
ވަގުތުމެ މަޑުނުވެ އަދިވެސް ދާއިރު
ގެދޮރުމެ ކުޑަވެފަ ތަން މަދު ވާއިރު
ވަޅުފެން ލޮނުވެފަ ކަމުނުމެދާއިރު
ރުއްގަސް މަދުވެފަ އަމުދުން ނެތްއިރު
މިދުވަހު ރަށްތައް ގިރަމުން ދާއިރު
ވިލު ފަޅު ތިލަ ފަރު ހަޑިކޮށް ވާ އިރު
ދެކެމުން ދާތީ މިޒަމާން ދާއިރު ތާ