މިބިމުގައި އެންމެ ފަރިވާދީ އުތުރިދާ މީޢަލާމާތޭ
އިތުރު ކައުސާހިބާގެ މިމާތްވި މީލާދީ ނަޒާ
މަޖޫސީ ނިވުނު އަލިފާނީ ހަލާކުވި މުލްކު ކިސްރާއީ
ވިދާނެ ނުފޫޒު އިސްލާމީ އުޖާލާވީ އިޝާރާތޭ
މިބިމުގައި...
ބޮޑުވިފެންގަނޑު ސަމާވަތުގައި ހިނދުނު ފެންވެސް އެސާވަތުގައި
ބިމަށްއަލި އިތުރުކުރި ތަރިތައް އެއީ ނަބަވީ ކަރާމާތޭ،
މިބިމުގައި..
އުފަލުގައި އުޅުނު ޖަނަވާރާ މަހާމެހި އެއްގަމާ ކަނޑުގައި
އުފެދިދާ އުލްފަތުގެ އަސްލު މިއީދެއްވާ ބަޝާރާތޭ،
މިބިމުގައި....
މިދޭހަށް އައި ބަދަލުތަކަކީ އިލާހީ ސިއްރުތަކު ތެރެއިން
ޙަބީބީ ޙައްޤުގާ ފާޅުވި އެ މަތިވެރިވީ ސިޔާދާތީ،
މިބިމުގައި....