މޭގާ އެރޭ ފިރުމާލާ ހިތާ ކުޅެލީ
ލޯބިވާނޭ ހިތާއޭ އަދު ކަލާ
ހޯދާނީ ހޯދޭނެތާ އާދޭ ކަލާ
ހީލުމުންވޭ އުފާ ހިތްއެކީ
ހަމަ ގަންދީ ބުނާމީ ތެދޭ
ދެން ތިޔަ ސޫރައެ ދެކޭ ހިތްވަނީ
ބީހިލާށޭ މިހިތް އެދިލަނީ
މިލްކުވީމާ ކަލާ ވާނެތާ ހިތްއުފާ
މޭގާ އެރޭ ފިރުމާލާ ....
ދަންވެލީމާ ތިޔަ ހަނދާން ވަނީ
ނޭނގި ނިންޖާއަރާމޭ ދަނީ
ދެން މި ބޭޒާރުކޮށްލީ ހިތޭ
މިލްކު ނުވިކަން މިއޭ ގޯހަކީ
ދެންމިވީތާ ގަޔާ ލޯބި ދީވާނަތާ
މޭގާ އެރޭ ފިރުމާލާ ....
ދެން ކުރާނީއެ މިހިތުން ދުޢާ
އެކުގާވާން ކުރާނީ ހުވާ
މަރުވެދާންދެން މިގޮތުގާ އުޅެން
ލޯބި ދެން މީއެ ވަޢުދޭ ކުރާ
ދެން އުފާ ހޯދަމާ ލޯބިވޭ ހާދަހާ
މޭގާ އެރޭ ފިރުމާލާ ....