ދިވެހި ލިރިކްސް

© ދިވެހި ލިރިކްސް

ހ
ށ
ނ
ރ
ބ
ޅ
ކ
އ
ވ
މ
ފ
ދ
ތ
ލ
ގ
ޏ
ސ
ޑ
ޒ
ޓ
ޔ
ޕ
ޖ
ޗ
ޙ
ޚ
ޢ
ޣ
ޠ
ޘ
ޡ
ޤ
ޛ
ޞ
ޝ
ޟ
ޜ
ޥ

އެންމެ މަގުބޫލު

1

ފިލާނެތޯ ލޯތަކުން މިފޫދޭ

2

ދޮން ކަނބުލޮ ނިދާލާށޭ

3

އިތުރު ރަސޫލާ

4

ނަބީ އަމީނޭ

5

ޙަސްބީ ރައްބީ ޖައްލަﷲ - حَسْبِیْ رَبِّی جَلَّ اللّٰہ

އެންމެ ފަހުގެ

1

ރީތީގެ ރާނީ އުޖާލާ

2

ކުރަންވީއޭ ދުޢާ

3

އޭނަބިއްޔާއޭ ސޮލާތާ

4

ޤައުމަށްޓަކާ ދީނަށްޓަކާ

5

އުދަރެސް

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.

އެކު

އިން

info@dhivehilyrics.com

މަލާ ތިޔަ ކަރުގަނޑުން

ރާގު: -

ޅެން: ޅެންވެރިޔާ ނޭނގޭ

މަލާ ތިޔަ ކަރުގަނޑުން ވަސްލެއް
އެހެން އަތަކަށް ނުދެއްވައްޗޭ
ހަލާކާ ގެއްލުމުގެ ތެރެއަށް
ޙަޔާތު ނަގާ ނުލައްވައްޗޭ

ޙިމާޔަތެކޭ ހިތަށް ހީވާ
ޚިޔާލުތަކެއް ހިނގަން ފެށިޔަސް
ޙިމާޔަތެކޭ ހިތަށް ހީވާ
ޚިޔާލުތަކެއް ހިނގަން ފެށިޔަސް
ދިމާޔަށް އަންނަ ކެހިވެރި ކަމުގެ
ލޮންސިން މިންޖުވެސް ވައްޗޭ
ދިމާޔަށް އަންނަ ކެހިވެރި ކަމުގެ
ލޮންސިން މިންޖުވެސް ވައްޗޭ
މަލާ ތިޔަ ކަރުގަނޑުން ވަސްލެއް
އެހެން އަތަކަށް ނުދެއްވައްޗޭ

އިހަށް ދުށް ހިތި ނަތީޖާތައް
އެފަރިވީ އެންމެ ނާޒުކުއިރު
އިހަށް ދުށް ހިތި ނަތީޖާތައް
އިހަށް ދުށް ހިތި ނަތީޖާތައް
އެފަރިވީ އެންމެ ނާޒުކުއިރު
އިހަށް ވިސްނާ އެއިން ޢިބުރަތް
ތަކެއް ޙާސިލް ކުރައްވައްޗޭ
މަލާ ތިޔަ ކަރުގަނޑުން ވަސްލެއް
އެހެން އަތަކަށް ނުދެއްވައްޗޭ

މަލާ މިނިވަން ފަޒާގެ ތެރޭ
ޝަބާބުގެ ނިޢުމަތުން ފުރިގެން
މަލާ މިނިވަން ފަޒާގެ ތެރޭ
ޝަބާބުގެ ނިޢުމަތުން ފުރިގެން
ސަލާމަތް ގުލްޝަނުން ލިބިގެން
ޝަރަފު ވެއްޔާ ނުމޮޑެލައްޗޭ
މަލާ ތިޔަ ކަރުގަނޑުން ވަސްލެއް
އެހެން އަތަކަށް ނުދެއްވައްޗޭ

އެދުންވެރިކަމުގެ އެކިއެކި ދޫނިތައް
އެކުރާ ޢިޝާރާތަށް
އެދުންވެރިކަމުގެ އެކިއެކި ދޫނިތައް
އެކުރާ ޢިޝާރާތަށް
އެދުންވެރި ވާނެޔޭ ނަމަވެސް
ތަނޑުން ލުހިގެން ނުވެއްޓެއްޗޭ
މަލާ ތިޔަ ކަރުގަނޑުން ވަސްލެއް
އެހެން އަތަކަށް ނުދެއްވައްޗޭ

ޚަބަރުދާރޭ މަލާ ތިޔަ ނާޒުކީ
ކަރުގަނޑުގެ ނިސްބަތުގާ
ޚަބަރުދާރޭ މަލާ ތިޔަ ނާޒުކީ
ކަރުގަނޑުގެ ނިސްބަތުގާ
އަބަދު މިދެކޭ އުސޫލުތަކުން
ޙަޔާތެއް ރީތި ހޯދައްޗޭ
މަލާ ތިޔަ ކަރުގަނޑުން ވަސްލެއް
އެހެން އަތަކަށް ނުދެއްވައްޗޭ
ހަލާކާ ގެއްލުމުގެ ތެރެއަށް
ޙަޔާތު ނަގާ ނުލައްވައްޗޭ
މަލާ ތިޔަ ކަރުގަނޑުން ވަސްލެއް
އެހެން އަތަކަށް ނުދެއްވައްޗޭ