ދިވެހި ލިރިކްސް

© ދިވެހި ލިރިކްސް

ހ
ށ
ނ
ރ
ބ
ޅ
ކ
އ
ވ
މ
ފ
ދ
ތ
ލ
ގ
ޏ
ސ
ޑ
ޒ
ޓ
ޔ
ޕ
ޖ
ޗ
ޙ
ޚ
ޢ
ޣ
ޠ
ޘ
ޡ
ޤ
ޛ
ޞ
ޝ
ޟ
ޜ
ޥ

އެންމެ މަގުބޫލު

1

ފިލާނެތޯ ލޯތަކުން މިފޫދޭ

2

ދޮން ކަނބުލޮ ނިދާލާށޭ

3

އިތުރު ރަސޫލާ

4

ނަބީ އަމީނޭ

5

ޙަސްބީ ރައްބީ ޖައްލަﷲ - حَسْبِیْ رَبِّی جَلَّ اللّٰہ

އެންމެ ފަހުގެ

1

ރީތީގެ ރާނީ އުޖާލާ

2

ކުރަންވީއޭ ދުޢާ

3

އޭނަބިއްޔާއޭ ސޮލާތާ

4

ޤައުމަށްޓަކާ ދީނަށްޓަކާ

5

އުދަރެސް

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.

އެކު

އިން

info@dhivehilyrics.com

މަގޭ ލޯބި ހިބައިން ކަލާޔަށް ދިނީމޭ

ރާގު: ތުޖޭ ޕިޔާރް ކަރްތޭހެ ކަރްތޭ ރަހޭންގޭ

ޅެން: ޅެންވެރިޔާ ނޭނގޭ

މަގޭ ލޯބި ހިބައިން ކަލާޔަށް ދިނީމޭ
ޖަހާ ހިތުގެ ވިންދާ ވެގެން ހިތުގަ ވީމޭ
މަގޭ ލޯބި ހިބައިން ކަލާޔަށް ދިނީމޭ
ޖަހާ ހިތުގެ ވިންދާ ވެގެން ހިތުގަ ވީމޭ
ކިޔާލީމާ ތިޔަނަން ވަރަށް ހިތްއުފާވޭ
ބަލާލީމަ ލޯބިން އަވަސް ހިތް ވެދާނޭ
މަގޭ ލޯބި ހިބައިން ކަލާޔަށް ދިނީމޭ
ޖަހާ ހިތުގެ ވިންދާ ވެގެން ހިތުގަ ވީމޭ

ފަސޭހައިން ހަނދާނުން ފިލައިގެން ނުދާނޭ
ކަލާ ވާތަނެއްގާ މިހިތް އަބަދުވާނޭ
ފަސޭހައިން ހަނދާނުން ފިލައިގެން ނުދާނޭ
ކަލާ ވާތަނެއްގާ މިހިތް އަބަދުވާނޭ
އިރާހަނދު ނުއެރިއަސް މަ ދެރައެއްނުވާނޭ
މަގޭ ލޯބި ދުވަހަކު ތަފާތެއް ނުވާނޭ
ދައުރުވާ މިދުނިޔޭން ދުވަސްތައް ދަނީއޭ
ޖަހާ ހިތުގެ ވިންދާ ވެގެން ހިތުގަ ވީމޭ
ކިޔާލީމާ ތިޔަނަން ވަރަށް ހިތްއުފާވޭ
ބަލާލީމަ ލޯބިން އަވަސް ހިތް ވެދާނޭ
މަގޭ ލޯބި ހިބައިން ކަލާޔަށް ދިނީމޭ
ޖަހާ ހިތުގެ ވިންދާ ވެގެން ހިތުގަ ވީމޭ

ހަނދޭތީ މަނުބުނާނަމޭ ހަމަ ޔަގީނޭ
އެއީ އޮއްސިގެންދާނެ އެއްޗެއް ޔަގީނޭ
ހަނދޭތީ މަނުބުނާނަމޭ ހަމަ ޔަގީނޭ
އެއީ އޮއްސިގެންދާނެ އެއްޗެއް ޔަގީނޭ
އިރޭވެސް ބުނާކަށް މިހިތް ހަމަ ނުއެދެޔޭ
އެއީ އޭގެ ހޫނުން އަނދާ ހުލިވެދާނޭ
މިލޯތްބެއް ޔަގީނޭ ބަދަލު ހަމަ ނުވާނޭ
ޖަހާ ހިތުގެ ވިންދާ ވެގެން ހިތުގަ ވީމޭ
ކިޔާލީމާ ތިޔަނަން ވަރަށް ހިތްއުފާވޭ
ބަލާލީމަ ލޯބިން އަވަސް ހިތް ވެދާނޭ
މަގޭ ލޯބި ހިބައިން ކަލާޔަށް ދިނީމޭ
ޖަހާ ހިތުގެ ވިންދާ ވެގެން ހިތުގަ ވީމޭ

މިރޭ މަރުވިޔަސް ރޫހު އަންނާނެ ގައިމޭ
ކަލާފެނިފަ ލޯބިން ކިޔަން ލަވަ ފަށާނޭ
މިރޭ މަރުވިޔަސް ރޫހު އަންނާނެ ގައިމޭ
ކަލާފެނިފަ ލޯބިން ކިޔަން ލަވަ ފަށާނޭ
މަގޭ ރޫޙު ފެނިފާ ހިތާމައިން ނުރޮއްޗޭ
އަބަދުވެސް އުފަލުގާ ހުރުން ހާދަ އެދެމޭ
އަބަދު ބޭނުމީ ރޫޙު ރޫޙާއި ގުޅުމޭ
ޖަހާ ހިތުގެ ވިންދާ ވެގެން ހިތުގަ ވީމޭ
ކިޔާލީމާ ތިޔަނަން ވަރަށް ހިތްއުފާވޭ
ބަލާލީމަ ލޯބިން އަވަސް ހިތް ވެދާނޭ
މަގޭ ލޯބި ހިބައިން ކަލާޔަށް ދިނީމޭ
ޖަހާ ހިތުގެ ވިންދާ ވެގެން ހިތުގަ ވީމޭ
މަގޭ ލޯބި ހިބައިން ކަލާޔަށް ދިނީމޭ
ޖަހާ ހިތުގެ ވިންދާ ވެގެން ހިތުގަ ވީމޭ