ލޮލުގެ ޖަޒުބާތުން.. ގަތުލު ނުކުރާށޭ..
ހިތުގެ ވެރިޔާ އޭ ބަދަލު ނުހިފަށޭ..
މޭގަ ވާ ހޫނާ އެދޭ އެދުން އެނގޭނީ...
ހާލު ބެލީމަ އެތަން ސާފު ވާނީ....
މޭގަ ވާ ހޫނަ ރިހޭ ރިހުން ނިމޭނީ..
ރީތި ޖަވާބެއް ކަލާ އަށޭ ދެވޭނީ..
ލޮލުގެ ޖަޒުބާތުން... ގަތުލު ނުކުރާށޭ..
ހިތުގެ ވެރިޔާ އޭ... ބަދަލު ނުހިފާށޭ..
ލޯބިން ހީލާފާ ބަލާލިޔަސް ފުދޭނޭ
ހާދަ އަރާމެއް ހިތަށް ގައިމު ވާނޭ...
ކައިރިން ފެނުނީމަ ހިތާމަ ތައް ފިލާނޭ...
ލޯބި ލިބިއްޖޭ ހިތާ ހިތް ތެޅޭނޭ...
ލޮލުގެ ޖަޒުބާތުން... ގަތުލު ނުކުރާށޭ..
ހިތުގެ ވެރިޔާ އޭ... ބަދަލު ނުހިފާށޭ...
ބޭނުމީ ދެން ހިތާ ހިތް ގުޅޭށޭ...
ލޯބި ލޯބިން އެކުގަ އުޅޭށޭ..
ފޫހިވަންޏާ ކުރީގާ ބުނަށޭ...
ލޯބި ވަންޏާ އަތާ އަތް ގުޅާށޭ،،،،
ލޮލުގެ ޖަޒުބާތުން........