ލޯބި ބައްޕަ އަޅެ އެނގޭހެ

ރާގު: ޕޮންނު ބައްޕަ އަރިޔަނަމް

ހަލޯ ހަލޯ ތީ ބައްޕަ ހެއްޔޭ......

ދ ލޯބި ބައްޕަ އަޅެ އެނގޭހެ
ތުއްތު މި ދަރި ރޯ ވަރެއް
ބ ކިހިނަކުންތަ ވީމަ ރަންކޮޅާ
ދޫންޏާ ތިޔަހިތުވާ ވޭން ރަނގަޅަށް
އަންގާލަ ދީ ބަލާ ...... 2

ދ ކީއްވެތޯއެ ކީއްވެތޯއެ ދުރު ދަތުރު ކުރަން ދިޔައި
އެކަނި ކޮއްޕެ ދިޔަ ގޮތެއް ތި ބައްޕަ ބުނެ ބަލާ
ބ ދަރިފުޅާއެ ދަރިފުޅާއެ ބައްޕަ އައިމި ސީދާ
ދަރިފުޅަށް ތި އިލްމު ދޭނެ ލާރި ހޯދަ ދޭށޭ

ދ ލޯބި ބައްޕަ އަޅެ އެނގޭހެ
ތުއްތު މި ދަރި ރޯ ވަރެއް
ބ ކިހިނަކުންތަ ވީމަ ރަންކޮޅާ
ދޫންޏާ ތިޔަހިތުވާ ވޭން ރަނގަޅަށް
އަންގާލަ ދީ ބަލާ ......

ދ ރަށްޓެހިން ވަރަށް އަހައިބަ ބައްޕަ ގެލުނީހޭ
ބައްފަ ރަށަށް އާދެވޭތޮ ވާނެ ބަލަން އަވަހަށް
ބ ނޯކްރީ ގެ ދަތުރު ތަކުން ލާރި ވަރަށް ހޯދެވޭ
އެއިރު ލާރި ލިބުނު އިރުގެ ދަރިފު ކައިރި ހުރެވޭ

ދ ރަށްޓެހިން ވަރަށް އަހައިބަ ބައްޕަ ގެލުނީހޭ
ބައްފަ ރަށަށް އާދެވޭތޮ ވާނެ ބަލަން އަވަހަށް
ބ ނޯކްރީ ގެ ދަތުރު ތަކުން ލާރި ވަރަށް ހޯދެވޭ
އެއިރު ލާރި ލިބުނު އިރުގެ ދަރިފު ކައިރި ހުރެވޭ
ދ ހާދަހާ މަ ބޭނުމޭ ތި ބައްޕަ ގާތު ހުންނަން
ހަނދުމަ ވާތި ރޭގަނޑަށް
ނުވެސް ނިދައި މަ އޮންނަން
ހާދަހާ މަ ބޭނުމޭ ތި ބައްޕަ ގާތު ހުންނަން
ހަނދުމަ ވާތި ރޭގަނޑަށް
ނުވެސް ނިދައި މަ އޮންނަން

ދ ލޯބި ބައްޕަ އަޅެ އެނގޭހެ
ތުއްތު މި ދަރި ރޯ ވަރެއް
ބ ކިހިނަކުންތަ ވީމަ ރަންކޮޅާ
ދޫންޏާ ތިޔަހިތުވާ ވޭން ރަނގަޅަށް
އަންގާލަ ދީ ބަލާ ......

ދ ފެންނަނީއެ ހުވަފެނުން ތި އަތުން މަ ފިރުމާތީ
އައިސްޔެ ލޯބި ފޫންޏެ ގައިމު ދޭނަން ބައްޕަ
ދ ފެންނަނީއެ ހުވަފެނުން ތި އަތުން މަ ފިރުމާތީ
އައިސްޔެ ލޯބި ފޫންޏެ ގައިމު ދޭނަން ބައްޕަ
ބ ބުދެއްހެއްޔެ ޓައިޓުތަކެއް ހެއްޔެ ވަނީ ބޭނުން
ކާރަކައި ރިމޯޓް ޗާލު ހޯދައި ބައްޕަ ދޭނަން
ބ ބުދެއްހެއްޔެ ޓައިޓުތަކެއް ހެއްޔެ ވަނީ ބޭނުން
ކާރަކައި ރިމޯޓް ޗާލު ހޯދައި ބައްޕަ ދޭނަން

ދ ކީއްވެތޯއެ ކީއްވެތޯއެ ދުރު ދަތުރު ކުރަން ދިޔައި
އެކަނި ކޮއްޕެ ދިޔަ ގޮތެއް ތި ބައްޕަ ބުނެ ބަލާ
ބ ދަރިފުޅާއެ ދަރިފުޅާއެ ބައްޕަ އައިމި ސީދާ
ދަރިފުޅަށް ތި އިލްމު ދޭނެ ލާރި ހޯދަ ދޭށޭ

ދ ބައްޕަ ލޯބި ދަރިފުޅަށް ތި ބުނި ތަކެތި ލިބޭނުހޭ
ގާތުގައި މަ ހުރެލަ ދޭނުހޭ
އޭރުން މި ދަރި އަތުން
ފުރުޓު މީރު ކާން ލަވާނަމޭ
ބ ބައްޕަ ދެކެން ބޭނުމީޔަ ނިކަން ކެއް ކުރާށޭ
ބައްޕަައަށް ތި ވާ ލޮތްބާ ކުލުނު ނިކަން ދޭށޭ

އާރް ބީ އައި ސްޓޫޑިއޯ މަލިކުގެ އުފެއްދުމެއް

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.

info@dhivehilyrics.com

އިން

އެކު