ލޯމެރި ހިތް އުފާ

ރާގު: އޯ މެރި ދިލްރުބާ

ޕްރޭމް ޕްރޭމް ޕްރޭމް ޕްރޭމް

ލޯމެރި ހިތް އުފާ ކުރަން މަ ޤަބޫލުހޭ
ތިޔަ ޚިޔާލުކުރާ ނަސީބުވޭ

ޔާރާ ގޮސް ދެން ބަލަ ފޮރުވާށޭ
މާފު ކުރީމެ ހިތާ ރުހިލާށޭ
އާދެ މިލޯބި އަބަދު ހޯދާށޭ
ޖާނު ފިދާވަމެ ދެންހެ ބުނާށޭ
ޔާރު އެދޭނަމަ އަތުގަ ހިފާށޭ
ތިހުރި ޙާލު ނިކަން ކިޔާބަލާށޭ
ފުރިގެން ފުރި ޖާން ފުރި ލޯބި ކުރީ ޔާރުނޫން
ހިތުގަ ތިޔަނަން ފެވުމުން ކުރީ މަސްތު ނޫން
ޤަދަރު ކުރިވަރު ނުބުނެލީ ކީއްވެހޭ
ތިޔަ ޚިޔާލުކުރާ ނަސީބުވޭ
ލޯމެރި.....

ކަރުނަ އޮހެންޏާ މީ ފަރުވާއޭ
ހިތުގެ އެހީތީ އޭގެ ނަފާއޭ
ޙާލު މިބުނާ ދޭށެ ވަފާއޭ
ފާރުވި ހިތް އެދެވޭނެ ޝިފާއޭ
އަދު ކުރެހިން މުޅި ލޯބި އެ ޖާނާ
ކުރި ބިނާތައް އެކީ ޒިންދަގީގާ
ވެސިހުން ވެބިރުން މުޅި ޖާނު ތިގޮތަށް ކިޔާލުމުން
ރާހަތެކެ ކުރީ ލަދުރަކި ނުވެ ބީހިލުމުން
ތިހުރި ވިންދުން ފޫދޭހާ ޢަބިރުހޭ
ތިޔަ ޚިޔާލުކުރާ ނަސީބުވޭ
ލޯމެރި.....

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.

info@dhivehilyrics.com

އިން

އެކު