ލައްވާށިއޭ ރަޙްމަތް މިތާ
ދެއްވާށިއޭ ތެދުމަގު މިތާ
ފުރިހަމަވީ ނަސީބާ އުއްމީދުގާ
ކުރި ހޯދޭނެ މަގުގާ ސާފު މާތް
ހެޔޮ ނިޢުމަތް އަދާ
މުޅި ރޭދުވާ ކުރިމަތި ލަނީ
ކަރުނައިން ދެލޯ ފުރިފާ މިތާ
ނިކަމެތި އަޅާ ކުރަނީ ދުޢާ
ލައްވާށިއޭ .......
ޞިއްޙަތުގާ ސަލާމަތް ދުޅަހެޔޮކަމާ
ކުރިއެރިދާ އުފާތައް ހޯދޭނެހާ
ވެވިދޭތޯ ހިތާ
ނަފުސާ އެކީ ކުއްތަން ވަނީ
ދަރުމައިގެ މާތް ސުވަރުގެ އަދާ
ކެއްތެރި ވެގެން ކުރަނީ ދުޢާ
ލައްވާށިއޭ ........
ދަތި އުނދަގޫ ހުރަސްތައް ނެތިދާނެހާ
ހިތި ހުރިހާ ތުރާލާ ނެތި ސީދާ
ވުން އެދިގެން ހުރީ
ޢަޒުމާއެކީ ތައުބާވަނީ
އިންސާފުދޭ ދަރުބާރުގާ
މިންޖަށް އަދާ ކުރަނީ ދުޢާ
ލައްވާށިއޭ .......