ޚަތިމް ކުރިހާލޯތަކުން ރޮވިދާނޭ

ޚަތިމް ކުރިހާލޯތަކުން ރޮވިދާނޭ،
ފޮތުގެ ޞަފްޙާ ތަކުގެ ހުރިހާ ޖަވާބު ނިމެންދެން ކިޔާ -
ޚަތިމް ކުރިހާ ލޯ...

އެ ތާރީޚު އޭރު ދުށްހައި ޙަވާދިޘް ތަފާތު ހުރިހާ،
ޚިތާމަށް އައީ މީކިޔާ ޖިލްދުން ޒަމާން،
ފިލާދާނެތޯއޭ ޤުދުރަތުގެ ޝާން -
ޚަތިމް ކުރިހާ ލޯ....

ފުރޭހާ ލޮލެއް މި ކަރުނުން މިލާވީ ހިތެއް މި އަސަރުން،
ވަފާތެއް ނަބީ ދޭ ހަނދާން ފަށަނީ ހިނގާން،
ކުރެވިދާނެތޯ އޭ ދުލަކުން ބަޔާން -
ޚަތިމް ކުރިހާ ލޯ....

ޙަޔާތުން ފަލާޙު ގެނުވާ ޞަބާޙާ ރީތީ މާޒީ،
ހަވީރެއް އައީ މީ ހިނގާ ބަނަކަށް މިދީ،
ފުހެވިދާނެތޯ އޭ ލިބިދިން އަމާން -
ޚަތިމް ކުރިހާ ލޯ...

އެ މާތް ޝައުޤަކާއި ޖޯޝުން ޞަޙާބީ އުޅުއްވި ލޯބިން،
ޙިމާޔަތް އަރިހުގާ ލިބޭ ޠާހާގެ މާތް ،
ބަދަލު ވާނެތޯ އޭ ދެއްވެވި މަޤާމް -
ޚަތިމް ކުރިހާ ލޯ....

ދަށުން އަބަދުގާ މި އެދެވޭ މިޔޭ ލޯބި ސޫރަފުޅަކީ،
ޢުލޫމާ ފުނޫނުން ފުރޭ ޢާލަމް
ތަނެއް ވާނެތޯ އޭ ޝުޢުލާ ނިވޭން -
ޚަތިމް ކުރިހާ ލޯ...

މިދޭހުން އެ މާތް ނަބިއްޔާ އެހީފުޅު އެދެއްވި ފަދައިން،
އެދޭހުން ވަނީ ރަޙްމަތުން ފަރަގެއް ނުވާ،
ޝަފާޢަތުގެ މަގުގާ ފަށަމާ ހިނގާން -
ޚަތިމް ކުރިހާލޯ....

ތަޙިއްޔާ ތަކާއި އަގުމާތް ޞަލާތާ ސަލާމް މިއެދެވޭ،
ވެދުންތައް އަރިސް މީކުރާ ދިރުވާ ހަނދާން،
ފޮތާ ސުންނަތުންނޭ ހިފަމުން ބަޔާން -
ޚަތިމް ކުރިހާ ލޯ.....

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.

info@dhivehilyrics.com

އިން

އެކު