ކަންޒު ދޮންކަމަނަ

ރާގު: އަމިއްލަ

ކަންޒު ދޮންކަމަނަ ނިދީގާ
ތަންމަތީ ފުރޮޅިފަ ގޮވައޭ
ގޭތެރެއިން ތަކުރުނުވާތީ
ހާދަހާ މޭ އެބަ ތެޅެޔޭ
ކަންޒު ދޮންކަމަނަ ނިދީގާ
ތަންމަތީ ފުރޮޅިފަ ގޮވައޭ

ވައި ގަދަވެ ވާރޭ އައީ އޭ
ގުގުރި އަޑު މާ ގަދަ ވީއޭ
ވިދުވަރުން ލޯ މެރެނީއޭ
ރަށްމަތިން ކަނބިލި ގޮވީއޭ

ކަންޒު ދޮންކަމަނަ ނިދީގާ
ތަންމަތީ ފުރޮޅިފަ ގޮވައޭ
ގޭތެރެއިން ތަކުރުނުވާތީ
ހާދަހާ މޭ އެބަ ތެޅެޔޭ
ކަންޒު ދޮންކަމަނަ ނިދީގާ
ތަންމަތީ ފުރޮޅިފަ ގޮވައޭ

ރޭދެބައިވީއިރުވެސް ތާ
ނާދެޔޭ ތަކުރު މިރޭގާ
މެދުގެއަށް ވާރޭވެހޭތީ
ގޭތެރޭން ފެން ބޮޑުވީއޭ

ކަންޒު ދޮންކަމަނަ ނިދީގާ
ތަންމަތީ ފުރޮޅިފަ ގޮވައޭ
ގޭތެރެއިން ތަކުރުނުވާތީ
ހާދަހާ މޭ އެބަ ތެޅެޔޭ
ކަންޒު ދޮންކަމަނަ ނިދީގާ
ތަންމަތީ ފުރޮޅިފަ ގޮވައޭ

ދާނުގާ އެކަނި މިރޭގާ
ޙާލުގާ ވޭތުވަނީއޭ
ވާނުވާ ނޭގި މިހެންގޮސް
ލޯނުމެރި އިރު އަރަނީއޭ

ކަންޒު ދޮންކަމަނަ ނިދީގާ
ތަންމަތީ ފުރޮޅިފަ ގޮވައޭ
ގޭތެރެއިން ތަކުރުނުވާތީ
ހާދަހާ މޭ އެބަ ތެޅެޔޭ
ކަންޒު ދޮންކަމަނަ ނިދީގާ
ތަންމަތީ ފުރޮޅިފަ ގޮވައޭ

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.

info@dhivehilyrics.com

އިން

އެކު