ކާއިނާތޭ އެކީ އަންތަރީސްވީ ތޫނު ހަނދުވެސް ލަދުންގޮސް ނިވާވީ މޫނު ބަބުޅާލި ހައެ މުނު ބަބުޅާލި ހޫރޭ ތިބާއީ ރީތި ޝާހީ ދެނޫރޭ ވިދާލީ ހާދަ ހީވޭ ބެލީމާ ހެވޭހެން އާއެކޭ ލޯމަރާފާ ބުނާހެން މާމަޑުން ހިއްސުތަކުގާ ވިކާހެން ވިންދު ހޭލާ ޣީޒާއޭ ދިރާލީ ތޫނުފިލި ލޭކޮކާލޭ ކަލާތީ މަސްތުވާހާ އުފާދޭ މަލޭތީ ދޭނުހޭ ހިތްއެދޭހާ ތަސައްލީ ގާތުގާ ސިއްރުސިއްރުން އަހާލީ ލޯބިވާތީ ދުރާލާ ބެލީމޭ މޯޅިނުވަނީސް ލިބޭތޯ ހުރީމޭ ދާނުގާ ބާއްވަވާތޯ އެހީމޭ މާފު ނުދިނީވެތޯ އިސްޖަހާލީ

ޅެންވެރިޔާ

އަލްބަމް

ލިރިކްސް އެއް ނޫނީ މަދަޙައެއް އެބައޮތްތޯ؟

އަޅުގަނޑުމެންގެ ޓީމުގައި ބައިވެރިވާން ބޭނުންތޯ؟

އީމެއިލް ކުރައްވާ

info@dhivehilyrics.com

ލޮގިން ވާކަށް ނުޖެހޭނެ

ތިޔަ ބޭފުޅުންގެ އެންމެ މަޤުބޫލު ލަވަ އަދި މަދަޙައިގެ ލިރިކްސް އަވަހަށް ފޮނުއްވާ!

ދަންނަވާލުމެއް!

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.