ހމހމހމހމ
ޖައްވުގެ ތެރެއިން ފެނުމުން
ހަނދުވަރުގެ ރިހި އަލިކަން
ހީވޭ ނިކަން ލޯބިން އޭނާ ބަލާލާހެން
ވައިރޯޅި ވައި ސިއްރުން
ގަސްތަކުގަ ބީހިލުމުން
ހީވޭ ނިކަން ލޯބިން ކައިރިން ބަލާލާހެން
އަލިކަން އެހެރަ ހުރިވަރު
ވަސްމީރުވެސް ދުވިވަރު
ފުރިހަމަ ކަމުގެ މިންވަރު
ހިތްފުރި އުތުރި އެރިވަރު
ކިހިނެތް ކިޔައިދޭނީ
ބާރު ދުލުގާ ނެތުމުން
ހުރި ފަރިކަމެއް ބުނެވޭނެ
ލަފުޒެއް ހިތަށް ނައުމުން
މާމުއިގެ ހުރި ފޮނިކަން
ޝަބުނަމުގެ ހުރި ފިނިކަން
މަލްމަލްގެ ހުރި މަޑުކަން
ފުއްލާގެ ހުރި ހިނދި ކަން
އެ ނަމާ ވަނީ ގުޅިފައި
ނުދެކެން އިނގޭ އެވަރެއް
ފެނިގެން މަލެއް މިހިތަށް
ދުވަހަކު ނުވޭ މިވަރެއް