އިސްނެންގެވި މާތްވީ ސާހިބުން
ތެރެއިން ފަޚުރުތާ ހޯއްދެވީ
އީމާނުގެ ނޫރާނީވި އަލީން،
ހިތްޕުޅު އެއުޖާލާތާ މިވީ،
އިސްނެންގެވި.....
ފުރަތަމަ ޞިއްދީޤޭ ބަސްފުޅަކަށް،
ހިތްޕުޅު ލެނބިފައިވީ ދޭހަމިވާ
މިތުރެއްގެ މަޤާމް އަދި މާކުރިން،
ޝަރަފެއްކަމުގާ މީ ހޯއްދެވީ
އިސްނެންގެވި...
އަގުމާތްވި ޚަދީޖާ ނިޢުމަތޭ،
އީމާނުގެ އާރުން ހިއްޕަވަނީ،
ނަޞްރާއި ނަޞީބު އެއަންހެނުން
ތެރެއިންނެ މިޢިއްޒަތް ހޯއްދެވީ
އިސްނެންގެވި. ...
ތުއްޕުޅުވި ޢަލީ މަތިވެރި އެމާތް،
އީމާންވެވަޑައިގެން ވީވަޤުތުން
ޅަޒުވާނުންގެ ތެރޭންނާ ވަކިން،
ޤަދަރެއް އަޢުލާމީ ހޯއްދެވީ
އިސްނެންގެވި..