ޢިޝްޤު ނުވިނަމަ ދޭހުގާ

ޢިޝްޤު ނުވިނަމަ ދޭހުގާ
މިހިތާމައެއް ނުޖެހޭނެޔޭ
ގިސްލަ ގިސްލާފަ ކަރުނަ
އޮހޮރާކަށެއް ނުޖެހޭނެޔޭ

ވާނުވާއެއް ނޭނގިފާ
ހައިރާން ވެފާ ހިތް ދަތިވެފާ
ދާނުގާ މި ޢަޒާބުގާ
އޮންނާކަށެއް ނުޖެހޭނެޔޭ

ނިދިފިލާ ރޭގަނޑު ހަތަރުދަމު
ގެން ނުލިބި ހަމަ ރާޙަތެއް
ނިދި ދެ ކަޅި ލޯބޮޑުވެފާ
އޮންނާކަށެއް ނުޖެހޭނެޔޭ

ލުހުނަކަސް ނޭވާހަށީން
މިތުރާގެ ލޯބި ހަނދާނުގާ
ރުހުމުގާ ޢުމުރުގެ ޖަލަށް
ވަންނާކަށެއް ނުޖެހޭނެޔޭ

ހިޔަ އެތަށް ވޭނާ އުރަދު
އުފަލާ އެކީގާ މިލްކުކޮށް
ތިޔަ މަޙައްބަތުގާ މިޒަހަރެއް
ބޯކަށެއް ނުޖެހޭނެޔޭ

ކަށިކުނބުރު ޖަންގައްޔަކަށް
ހިނިތުންވެ ހުރެ އުފަލާއެކީ
ހަށިގަނޑާއި ފުރާނަ
އެއްލާލާކަށެއް ނުޖެހޭނެޔޭ

އިރި ހިތާނަފުސާ މުޅިން
ޢިޝްޤިއްޔަ ވަރުގަދަ އަސަރުގާ
ވިރި އޮހޮރި މުޅިމޭ މިހެން
ފައިބާކަށެއް ނުޖެހޭނެޔޭ

ހިތް ނަގާފާ ވެދުމަކަށް
ލޯބީގެ މަތިވެރި ޙައްޤުގާ
ތިންހަތަރު ފަހަރަށް މި
ވަޤުފުކުރާކަށެއް ނުޖެހޭނެޔޭ

ފުއްސެވިއްޔާ މާހެވޭ
ޢިޝްޤާއި އޭގެ އަސަރު ހިތުން
ހުސްއަތާ ދުނިޔެއިން
ނިކުންނަން އޭރަކުން ނުޖެހޭނެޔޭ

ބޭނުމެއް ނޫނޭ މަށެއް
ޢިޝްޤެއް މިދުނިޔޭގާ ދެނެއް

(އޯޑިއޯ ލިބުނީ މިވަރަށް ބާކީ އެނގޭނަމަ ފޮނުވައިދެއްވާ)

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.

info@dhivehilyrics.com

އިން

އެކު