ރަން ދޯދި ފެތުރި އަލި ނޫރު
ލިބުނު ހިނދު ޚިޔާލު މި ހޭލެއްވީ
ޤުރުއާނުގެ ޢިލްމީ ނޫރު
ލިބުނު ހިނދު ޚިޔާލު މި ހޭލެއްވީ
އަނިޔާގެ ޝިކާޔަތު ރޮއެ ކުރެވޭ
އަބަދަށްމެ އިވޭ މައްކާގެ ތެރޭ
އައި ސާފު އިލާހީ ނޫރުން މާތް
ނިމި ދިޔައީ އޭ މައްކާގެ ތެރޭ
ނިއްވަން އެއުޅުނު އަލި ނޫރު
ލިބުނު ހިނދު ޚިޔާލު މި ހޭލެއްވީ
ޤުރުއާނުގެ ޢިލްމީ ނޫރު
ލިބުނު ހިނދު ޚިޔާލު މި ހޭލެއްވީ
އިސްލާމް ދީން ފެތުރުއްވީ ދޭހަށް
މަތިވެރިވި ރަސޫލުއްﷲ އެ މާތް
ދީނުން ހުރިހާ ޢަމަލެއްގެ ޙުކުމް
ދެއްކެވި އެ ރަސޫލުއްﷲ އެ މާތް
ސާބިތުވި މި އަލިގަދަ ނޫރު
ލިބުނު ހިނދު ޚިޔާލު މި ހޭލެއްވީ
ޤުރުއާނުގެ ޢިލްމީ ނޫރު
ލިބުނު ހިނދު ޚިޔާލު މި ހޭލެއްވީ