© ދިވެހި ލިރިކްސް
އެންމެ މަގުބޫލު
1
ދޮން ކަނބުލޮ ނިދާލާށޭ
2
އިތުރު ރަސޫލާ
3
ފިލާނެތޯ ލޯތަކުން މިފޫދޭ
4
ނަބީ އަމީނޭ
5
ޙަސްބީ ރައްބީ ޖައްލަﷲ - حَسْبِیْ رَبِّی جَلَّ اللّٰہ
އެންމެ ފަހުގެ
1
ރީތީގެ ރާނީ އުޖާލާ
2
ކުރަންވީއޭ ދުޢާ
3
އޭނަބިއްޔާއޭ ސޮލާތާ
4
ޤައުމަށްޓަކާ ދީނަށްޓަކާ
5
އުދަރެސް
މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.
ހުންނަންތަވީ ޢުމުރަށް މިހެން
ރާގު: -
ޅެން: ޅެންވެރިޔާ ނޭނގޭ
ހުންނަންތަވީ ޢުމުރަށް މިހެން
ހިތުގާ އެދުންވާ ނުފުދިފާ
އޮންނަންތަވީ ކަރުނުގެ ތެރޭ
ތެމިފޯވެގެން ގޮސް ފޫދިފާ
ހުންނަންތަވީ....
ފަހެ ދެން ނެތީހޭ މޮޅު ޙަކީމެއް
ބޭހަކުން ފަރުވާ އަކުން
ފޮހެލާދެވޭފަދަ ޑޮކްޓަރެއް
ވާހިތުގެ ބައްޔަށް އުފެދިފާ
ހުންނަންތަވީ....
ނާމާކުރިން ދުށް ކަމުވަނީ
މިކަމުގެ ދަވާއެއް ހުވަފެނުން
ޖާމާޝްގެ ފޮތްގަނޑަކުން އެކީ
އެކުގާ މުޅިން އޮތް ވީދިފާ
ހުންނަންތަވީ....
އޭ މާމެލާމެލި ތަކު ތެރޭ
ފަރިވާ ވަގުތުގާ ދެކިލުމަށް
އޭ މާބުލާޝަމް ފަހެވަނީ
ކޮންތާކުގާހޭ ފޯދިފާ
ހުންނަންތަވީ....
ކިތަކަށް އަހަރުތޯ ތިޔަ މަލަށް
ފަރިވީފަހުން މިއަދަށް މިވީ
ހިތަކަށް ލިބެން އޮތްއިރު އެތަން
މިތަނުން އެއަށް ހިތް ނުލެނބިފާ
ހުންނަންތަވީ....
މިދިމާލަކުން ފަރިވާ ބުލާޝަމް
މާފޮޅޭ ގުލްޒާރަކަށް
އަދު ފިރުކިގެންވެސް ދާނަމޭ
ދެކިލަން ދެކަކުލުން ލޫދިފާ
ހުންނަންތަވީ....
ނެތިގެން އިހަށް އުޅުމުން ސަބަބު
ހެކި ދައްކަދައްކާ ހުވަފެނުން
އެކި ރޭރެއަށް ތި ކިތައްގޮތުން
ދެކިލާހިތުންވެސް ނުލިބިފާ
ހުންނަންތަވީ....