© ދިވެހި ލިރިކްސް
އެންމެ މަގުބޫލު
1
ފިލާނެތޯ ލޯތަކުން މިފޫދޭ
2
ދޮން ކަނބުލޮ ނިދާލާށޭ
3
އިތުރު ރަސޫލާ
4
ނަބީ އަމީނޭ
5
ޙަސްބީ ރައްބީ ޖައްލަﷲ - حَسْبِیْ رَبِّی جَلَّ اللّٰہ
އެންމެ ފަހުގެ
1
ރީތީގެ ރާނީ އުޖާލާ
2
ކުރަންވީއޭ ދުޢާ
3
އޭނަބިއްޔާއޭ ސޮލާތާ
4
ޤައުމަށްޓަކާ ދީނަށްޓަކާ
5
އުދަރެސް
މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.
ހިތް އުފާވޭ ކަލާ ބަލާލީމާ
ރާގު: ތުމްކޮ ދޭކާ ތޮޔޭ ޚަޔާލް އާއޭ
ޅެން: ޢީސާ ޝަރީފު
ހިތް އުފާވޭ ކަލާ ބަލާލީމާ، މޭތެޅޭ ހާދަ އިސްޖަހާލީމާ
އޮއްސުނީމާ އިރު އުދަރެހުން ތިޔަނަން،
ފެންނަހެން ހީވޭ ރަތްވިލާ ލީމާ
މޭތެޅޭ ހާދަ އިސްޖަހާލީމާ، ހިތް އުފާވޭ ކަލާ ބަލާލީމާ
މީ ކުރީގައި މަށަށް ނުވާ ގޮތެކޭ،
އަންނަހެން ހީވޭ ނަންކިޔާލީމާ
މޭތެޅޭ ހާދަ އިސްޖަހާލީމާ، ހިތް އުފާވޭ ކަލާ ބަލާލީމާ
ފެންނަ މީ މަސްތީ ހުވަފެނެއް ބާއޭ؟
ހުންނަހެން ހީވޭ ލޯ މަރާލީމާ
މޭތެޅޭ ހާދަ އިސްޖަހާލީމާ، ހިތް އުފާވޭ ކަލާ ބަލާލީމާ