ހިތް އެދޭ ރާނީ

ރާގު: ހަމޭ ތުމްސެ ޕްޔާރް ކިތްނާ

ތިޔޭ ހިތް މިހާރު ދުނިޔޭން
ދުށުން އެދޭ މޫނަކީ
ނަޒަރު ޖާދުވީ ތިޔަދޭ
ކުޅޭތީ ހިތާ
ތިޔޭ ހިތް މިހާރު ދުނިޔޭން
ދުށުން އެދޭ މޫނަކީ
ނަޒަރު ޖާދުވީ ތިޔަދޭ
ކުޅޭތީ ހިތާ
ތިޔޭ ހިތް މިހާރު .....

ފެނޭ ހިތްއެދޭ ރާނީ މަރާލީމަ ލޯ
ޖަހާ ވިންދަކީ މޭގާ ތިޔޭ އޭ މަލާ
ތިޔަ ހިތްލިބޭތޯ ހުރީ ފިކުރުގާ މިތާ
ތިޔޭ އިންތިޒާރު މިކުރާ
މިހިތް އެދޭ ޔާރަކީ
ނަޒަރު ޖާދުވީ ތިޔަދޭ
ކުޅޭތީ ހިތާ
ތިޔޭ ހިތް މިހާރު .....

ވަނީ ސާފު ލޯތްބެކޭ ހިތާ ޖާނުދެން
ތިއީ މަންޒިލޭ ބޭނުން ނިހާއީ ބުނަން
ޚިޔާލާ ފިކުރު ތިޔައީއޭ ކުރާ ރޭދުވާ
މިހިތް ބޭޤަރާރު ވެދަނީ
ދެކެން އެދޭ ސޫރަތީ
ނަޒަރު ޖާދުވީ ތިޔަދޭ
ކުޅޭތީ ހިތާ
ތިޔޭ ހިތް މިހާރު .....

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.

info@dhivehilyrics.com

އިން

އެކު