ހިތުން ފިލުވޭކަށެއް ދެން ނެތޭ ތިޔަ ކަމެއް

ހިތުން ފިލުވޭކަށެއް ދެން ނެތޭ ތިޔަ ކަމެއް
ނިކަން ލޯބިން ދެކޭހިތްވެޔޭ
އަތުން ދީފާ ޝަރާބެއް ވެޔޭ އާޝިގާ
އެހެން ވީމާ ހަނދާނެއް ވެޔޭ

ފުރަތަމަ ނަޒަރު އެންމެ އިޝްޤީ އަސަރު
ކުރަހާލި ތަސްވީރު ހިތުގާ މިތުރު
ގުރަހައިގެ ތަރިހެން މަށަށް ހީވިޔޭ
ހިތުން ފިލުވޭކަށެއް ދެން ނެތޭ ތިޔަ ކަމެއް
ނިކަން ލޯބިން ދެކޭހިތްވެޔޭ
އަތުން ދީފާ ޝަރާބެއް ވެޔޭ އާޝިގާ
އެހެން ވީމާ ހަނދާނެއް ވެޔޭ

އިޝްޤީ މި ލޯބީގެ ޖަޒުބާތަކުން
މަސްތޭވަނީ ލޯބި ޙަރަކާތްތަކުން
އަސްތާ އެރޭ ހާދަ އުފަލެއްވިޔޭ
ހިތުން ފިލުވޭކަށެއް ދެން ނެތޭ ތިޔަ ކަމެއް
ނިކަން ލޯބިން ދެކޭހިތްވެޔޭ
އަތުން ދީފާ ޝަރާބެއް ވެޔޭ އާޝިގާ
އެހެން ވީމާ ހަނދާނެއް ވެޔޭ

ގަހަކުން ފަތެއް ހެލިލިޔަސް ހީވެޔޭ
ފަހަތުން މަގޭ އަންނަހެން ހީވެޔޭ
އެހަނދާނުގާ މޭތެޅޭގޮތް ވިޔޭ
ހިތުން ފިލުވޭކަށެއް ދެން ނެތޭ ތިޔަ ކަމެއް
ނިކަން ލޯބިން ދެކޭހިތްވެޔޭ
އަތުން ދީފާ ޝަރާބެއް ވެޔޭ އާޝިގާ
އެހެން ވީމާ ހަނދާނެއް ވެޔޭ

ހިއްލާލި ރޭ ލޯބި ފަރުދާއަތުން
ކިއްލާތެރޭން މޫނު ފެނިލީގޮތުން
ދިއްލާލި ހަނދުހެން މަށަށް ހީވިޔޭ
ހިތުން ފިލުވޭކަށެއް ދެން ނެތޭ ތިޔަ ކަމެއް
ނިކަން ލޯބިން ދެކޭހިތްވެޔޭ
އަތުން ދީފާ ޝަރާބެއް ވެޔޭ އާޝިގާ
އެހެން ވީމާ ހަނދާނެއް ވެޔޭ

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.

info@dhivehilyrics.com

އިން

އެކު