ހޭލާށެ މުސްލިމުންނޭ ތައުބާ ވަމާ ހިނގާށޭ
ވަގުތޭ މިއީ ހަޔާތޭ މިއިވޭ ނިދާ އަހާށޭ
ހޭލާށެ މުސްލިމުންނޭ ތައުބާ ވަމާ ހިނގާށޭ
ވަގުތޭ މިއީ ހަޔާތޭ މިއިވޭ ނިދާ އަހާށޭ
ހޭލާށެ މުސްލިމުންނޭ …
ދުނިޔެއިން ތިމާ ނިމޭނޭ މަރުވާނެކަން ޔަގީނޭ
ދުނިޔެއިން ތިމާ ނިމޭނޭ މަރުވާނެކަން ޔަގީނޭ
ފަހުނޭވަޔާ އެކީ ހަމަ ގައިމޭ އަޖަލް ޖެހެނޭ
ގައިމޭ އަޖަލް ޖެހޭނޭ
ވަގުތެއްނެތޭ މިތާނގާ ތައްޔާރުވާން އުޅޭށޭ
ވަގުތޭ މިއީ ހަޔާތޭ މިއިވޭ ނިދާ އަހާށޭ
ހޭލާށެ މުސްލިމުންނޭ …
ކުރިހާ އަމަލް މިތާނގާ މާދަން ތިބާ ދެކޭނޭ
ކުރިހާ އަމަލް މިތާނގާ މާދަން ތިބާ ދެކޭނޭ
މަހްޝަރުގެ ބިންމަތީގާ އިންސާފު ހާމަވާނޭ
އިންސާފު ހާމަވާނޭ
އަރްޝީން ހިޔާލިބޭތޯ ހެޔޮހާ އަމަލް ކުރާށޭ
ވަގުތޭ މިއީ ހަޔާތޭ މިއިވޭ ނިދާ އަހާށޭ
ހޭލާށެ މުސްލިމުންނޭ ތައުބާ ވަމާ ހިނގާށޭ
ވަގުތޭ މިއީ ހަޔާތޭ މިއިވޭ ނިދާ އަހާށޭ
ހޭލާށެ މުސްލިމުންނޭ …