ގޮވިއްޖެ ނަދުރު މިރޭ

ރާގު: ޗަލޯ ޗަލޭ މިތްވާ

ގޮވިއްޖެ ނަދުރު މިރޭ އޮންނަ ދަހިވެތި ކަމުގެ ތެރޭން ހިތްމި ތެޅިތެޅި ނުނިދުނު އެކަމަކު ލޯމެރީމޭ ހިތްއެދިހުރި ފުރުޞަތު އަންނަކަމުގާ ހިތީމޭ ފެނުމުން ވަނީ އަނިޔާ ހުވަފެނުން އެކުވެރިޔާ ކައިރީގަ ހުރެވުނު އެހިނދު ފަނޑުފަނޑު ހަނދުވަރުގާ އެރޭ ނަލަ ހަނދާއި ތަރި ހެކިކޮށް ހާމަ އުޑާއި ބިން ހެކިކޮށް އިންތިޒާރޭ މިއީ ވަޢުދެއްވުމުން އަދު ޙާލު ދެކިފަ ޙާލު އެނގިފަ ރުހުނީމޭ ފެންނަ ހުވަފެނުން އަޖައިބުވިޔޭ ދޮންވެ އުދަރެހުން އެހަނދު އެރިއޭ ހުޅެވި ހަނދު ހުރީ އެ ހުއްޓިފައޭ އެރުނު މޮޔަ މިހާރު އެ ހީވެފައޭ ހޫނު އިޙުސާސް ވަނީ މާނަ އޮޅި ބަދަލުވަނީ ފެނުނުހިނދު ތިޔަ ނަލަނަލަ ކަޅިރަވަ ނިޔަނެތި ބަލި ހިތޭ ޤައިދުވީ ހިތު ވިންދާއި ބަދަލުވިލޭ ލޮލުގާ ހޫނު ކަރުނަ ހިލޭ މާލޯބިން ކުރާ ޢިޝާރަތުން ލިބިދާނެ މިއަދު ހިތްޙަލާލު ހީކުރަމޭ ދުރުގަ ހަމަ ބަލާށެ ނުހުރެވެނީ ފެނުނީމަ ހިތަށް މި ކެތްނުވަނީ ފެންނަހިނދު ލޮލާ ތި ކަޅިރަވަޔާ ގެންނަ އެކި ޚިޔާލު ރޯޅި ވަޔާ ހަނދުގެ އަލި ފަނޑުވެއްޖޭ މޫނުފެނި ދެރަވެއްޖޭ ނުހަނު ކުދި ފިނިފިނި ޝަބުނަމް ތިކިތިކި ބީހެނީ ފެނި ރަންދޯދި އަލިކުރަނީ އާދުވަހެއްގެ އިރުއަރަނީ ކުޑަ އިންޒާރަކުން މޫސުން އެދިން އަސްލު ވިންދު ހިތުގެ ނޭގި ދާނެ ހިތޭ

ޅެންވެރިޔާ

އަލްބަމް

ލިރިކްސް އެއް ނޫނީ މަދަޙައެއް އެބައޮތްތޯ؟

އަޅުގަނޑުމެންގެ ޓީމުގައި ބައިވެރިވާން ބޭނުންތޯ؟

އީމެއިލް ކުރައްވާ

info@dhivehilyrics.com

ލޮގިން ވާކަށް ނުޖެހޭނެ

ތިޔަ ބޭފުޅުންގެ އެންމެ މަޤުބޫލު ލަވަ އަދި މަދަޙައިގެ ލިރިކްސް އަވަހަށް ފޮނުއްވާ!

ދަންނަވާލުމެއް!

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.