ޤައުމަށް އައި މިނިވަން ނޫރާނީ

ރާގު: އަމިއްލަ

ގައުމަށް އައި މިނިވަން ނޫރާނީ ދައުރުން މި ހަނދާންތައް އާކުރަނީ އައުދާނަ އިތުރު އަބުޠާލުންނަށް ޒިކުރާގެ މަލުން މި ވެދުން ކުރަނީ މާޒީގެ އުޖާލާ މަންޒަރުތައް މާރީތި އުފާވެރި ކުރެހުންތައް ދާތީ އަދު ހާމަ ވަމުން ކުލަތައް ތާރީޚު އަލުން މި އިޢާދަ ވަނީ ގައުމަށް އައި މިނިވަން ނޫރާނީ ދައުރުން މި ހަނދާންތައް އާކުރަނީ ދިވެހިންގެ މި ޢިއްޒަތްތެރި ބިމުގާ ދިވެހިންގެ މުބާރިކު ފެހި ދަނޑުގާ ދިވެހިންގެ މުރާލިކަމާ އެކުގާ ރުވަމުން ދިޔަ ގަސްތައް ފޯދި ދަނީ ގައުމަށް އައި މިނިވަން ނޫރާނީ ދައުރުން މި ހަނދާންތައް އާކުރަނީ ފިސްފިސްވެ މުޅިން ދިޔަޔަސް ވިރިގެން ފަސްދާނު ލެވުނު ކަށިތައް ނެތިގެން އިސްނެންގެވި ކާބަފައިން ދެއްވާ އަސްލީ މިނިވަން ރޫޙޭ ލިބެނީ ގައުމަށް އައި މިނިވަން ނޫރާނީ ދައުރުން މި ހަނދާންތައް އާކުރަނީ ދިނިގެން އަދު ގައުމު މިދާ ހިނދުގާ މިނިވަން ދިދައެއްގެ ހިޔާ ދަށުގާ އުނިކަން ނެތް ރޫޙާނީ ބިމުގާ ހިނިތުންވާ ރޫޙުތަކޭ ފެނުނީ ގައުމަށް އައި މިނިވަން ނޫރާނީ ދައުރުން މި ހަނދާންތައް އާކުރަނީ މަތިވެރި ވި ދިވެހި އަޖުދާދުންނަށް މަތިމައްޗަށް ހުންނަ މި ސާބަސް ތައް ފަތިފައްޗަށް އަމުނައިގެން މިގޮތަށް މަތިވެރި ޝުކުރެއް ވެވެމުން މިދަނީ ގައުމަށް އައި މިނިވަން ނޫރާނީ ދައުރުން މި ހަނދާންތައް އާކުރަނީ އައުދާނަ އިތުރު އަބުޠާލުންނަށް ޒިކުރާގެ މަލުން މި ވެދުން ކުރަނީ ގައުމަށް އައި މިނިވަން ނޫރާނީ ދައުރުން މި ހަނދާންތައް އާކުރަނީ

ޅެންވެރިޔާ

އަލްބަމް

ލިރިކްސް އެއް ނޫނީ މަދަޙައެއް އެބައޮތްތޯ؟

އަޅުގަނޑުމެންގެ ޓީމުގައި ބައިވެރިވާން ބޭނުންތޯ؟

އީމެއިލް ކުރައްވާ

info@dhivehilyrics.com

ލޮގިން ވާކަށް ނުޖެހޭނެ

ތިޔަ ބޭފުޅުންގެ އެންމެ މަޤުބޫލު ލަވަ އަދި މަދަޙައިގެ ލިރިކްސް އަވަހަށް ފޮނުއްވާ!

ދަންނަވާލުމެއް!

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.