© ދިވެހި ލިރިކްސް
އެންމެ މަގުބޫލު
1
ފިލާނެތޯ ލޯތަކުން މިފޫދޭ
2
ދޮން ކަނބުލޮ ނިދާލާށޭ
3
އިތުރު ރަސޫލާ
4
ނަބީ އަމީނޭ
5
ޙަސްބީ ރައްބީ ޖައްލަﷲ - حَسْبِیْ رَبِّی جَلَّ اللّٰہ
އެންމެ ފަހުގެ
1
ރީތީގެ ރާނީ އުޖާލާ
2
ކުރަންވީއޭ ދުޢާ
3
އޭނަބިއްޔާއޭ ސޮލާތާ
4
ޤައުމަށްޓަކާ ދީނަށްޓަކާ
5
އުދަރެސް
މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.
ފޯރި ނަގާލާ
ރާގު: ފަތްމިނި ބޮޑުބެރު ގްރޫޕް
ޅެން: ފަތްމިނި ބޮޑުބެރު ގްރޫޕް
ޢީދޭ އައިމި އުފަލުގާ
އެންމެން ޖޯޝާއި މަޖަލުގާ
ކިޔަމާ ޢީދު ތަހުނިޔާ
ކުދި ބޮޑު އެންމެން ފޯރި ނަގާލާ
ގުޅިގެން އެކީގާ ކުޑަކުދިން
ސަކަރާތުގެ އަޑު މުޅިތާ ފަތުރާ
ނަލަ ރީތި ހެދުމުން ޒީނަތް ވެގެން
ހުވަނދުން މުޅި މާޙާއުލު އެއްވަސް ކޮއްލާ
ޢީދޭ އައި މީ
ކުދި ބޮޑު އެންމެން ފޯރި ނަގާލާ
ޢީދޭ އައިމި އުފަލުގާ
އެންމެން ޖޯޝާއި މަޖަލުގާ
ކިޔަމާ ޢީދު ތަހުނިޔާ
ކުދި ބޮޑު އެންމެން ފޯރި ނަގާލާ
ބޮޑުމަހުގެ ކުޅިވަރު މާލި ނެށުން
އެންމެން އެކީގާ ބައިވެރި ވެލާ
ކުލަޖެހުމުގެ ފޯރިން އެކިއެކި ކުލައިން
ޢީދުމަޖާ ކުލަގަދަ ކޮއްލާ
ޢީދޭ އައި މީ
ކުދި ބޮޑު އެންމެން ފޯރި ނަގާލާ
ޢީދޭ އައިމި އުފަލުގާ
އެންމެން ޖޯޝާއި މަޖަލުގާ
ކިޔަމާ ޢީދު ތަހުނިޔާ
ކުދި ބޮޑު އެންމެން ފޯރި ނަގާލާ
އަމުނާލެވޭ ނަލަ ބަސްތަކާއެކު
ބޮޑުބެރު ސަގާފީ ފަރި ނެށުމާ
ހިތްހެޔޮކަމާއެކު އިއްވާލަދޭމީ
ނަލަ ރާގުރާގުން ތަހުނިޔާ
ޢީދޭ އައި މީ
ކުދި ބޮޑު އެންމެން ފޯރި ނަގާލާ
ޢީދޭ އައިމި އުފަލުގާ
އެންމެން ޖޯޝާއި މަޖަލުގާ
ކިޔަމާ ޢީދު ތަހުނިޔާ
ކުދި ބޮޑު އެންމެން ފޯރި ނަގާލާ