© ދިވެހި ލިރިކްސް
އެންމެ މަގުބޫލު
1
ފިލާނެތޯ ލޯތަކުން މިފޫދޭ
2
ދޮން ކަނބުލޮ ނިދާލާށޭ
3
އިތުރު ރަސޫލާ
4
ނަބީ އަމީނޭ
5
ޙަސްބީ ރައްބީ ޖައްލަﷲ - حَسْبِیْ رَبِّی جَلَّ اللّٰہ
އެންމެ ފަހުގެ
1
ރީތީގެ ރާނީ އުޖާލާ
2
ކުރަންވީއޭ ދުޢާ
3
އޭނަބިއްޔާއޭ ސޮލާތާ
4
ޤައުމަށްޓަކާ ދީނަށްޓަކާ
5
އުދަރެސް
މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.
ފެންނަނީ ސޫރަ ދެލޮލުން
ރާގު: ޒިންދަގީގޭ ސަފަރްމޭ ގުޒަރްޖާތެހޭ ޖޯ މަކާމް
ޅެން: ޅެންވެރިޔާ ނޭނގޭ
ފެންނަނީ ސޫރަ ދެލޮލުން އިތުރު ނާޒުކީ ބޭމިސާލު
ރަންކުލަ ޖެހި ލޯބިން ރަންކުލަ ޖެހި ލޯބިން
ފެންނަނީ ސޫރަ ދެލޮލުން އިތުރު ނާޒުކީ ބޭމިސާލު
ރަންކުލަ ޖެހި ލޯބިން ރަންކުލަ ޖެހި ލޯބިން
ޙާލު އިއްވައިދީ ސިއްރު އަންގާދީ
ޙާލު އިއްވައިދީ ސިއްރު އަންގާދީ އަސަރު
ދިރުވައިދޭ މިރާގު އިރުވާދީ ހިތުން
ޗާލު ލާ ސުންދުސީ ރީތި ފޭރާމަކުން
ދަރުބާރުގެ ނޫރު ވިދުވަރު ޖާޒުބީ
ލާލު ރަންމުތް ވިދާހެން ދެލޯ ނާޒުކީ
ޗާލު ފަރި މޫނު ލޯބިން ދެކޭށަ ނިދީ ހުވަފެނުން
ރަންކުލަ ޖެހި ލޯބިން ރަންކުލަ ޖެހި ލޯބިން
މިރު މަސްތީ ރާ ސާފު އާރުން ދޭ
މިރު މަސްތީ ރާ ސާފު އާރުން ދޭ ބޮމުން
ފަތިހާ ރީތި ދޫނި އުދުހޭ ޖައްވުގާ
މީރުވަސްދޭ ފޮޅޭ މާމަލުންދީ ގަތާ
ކަނދުރާގާ ޒުވާން އަޅުވަމޭ ހާރުތައް
މީރުހޭގޮތް ހިތާރޫޙު ލޯބިންފުރޭ
ދީރުހުން ކައިރިކޮއްލާ ދެމޫނު އަތުން ފިރުމަމުން
ރަންކުލަ ޖެހި ލޯބިން ރަންކުލަ ޖެހި ލޯބިން
މަރުވެދާންދެން ވެސް ވަޅުލެވޭންދެން ވެސް
މަރުވެދާންދެން ވެސް ވަޅުލެވެންދެން ވެސް ހިނގުން
ފަހަތުން ދާމަގުން ހިޔަނިހެން ވަކިނުވާން
ކަރުނައިން ލޯފުރާ ވޭނުގާ ގިސްލަމުން
ނިމިދާނީ ޙަޔާތް ލޭގެ ކަރުނުން މިހެން
ދަރުމައިން އެދި ލިބުން ފުން ޒަވާޖީ އުފާ
ޢިޤުރާރު ވީގޮތަށް ދޭނުތޯ ބީހިލާ ފިރުމަމުން
ރަންކުލަ ޖެހި ލޯބިން ރަންކުލަ ޖެހި ލޯބިން
ފެންނަނީ ސޫރަ ދެލޮލުން އިތުރު ނާޒުކީ ބޭމިސާލު
ރަންކުލަ ޖެހި ލޯބިން ރަންކުލަ ޖެހި ލޯބިން