ފެންނަހިނދު ކޮންމެ ތާކުން

ރާގު: ހަމްސަފަރް ބަންކެ ހަމްދަމް

ފެންނަހިނދު ކޮންމެތާކުން ނަންއަހާހިތް ވަނީއޭ ހިތް ކަލާޔަށް އެދޭތީ ކެތްކުރަން ދަތިވަނީއޭ ފެންނަހިނދު ކޮންމެތާކުން ނަންއަހާހިތް ވަނީއޭ ހިތް ކަލާޔަށް އެދޭތީ ކެތްކުރަން ދަތިވަނީއޭ ހީވެޔޭ ޖައްވުގާ އުދުހިލާފާ އުޅޭހެން ހީވެޔޭ ޖައްވުގާ އުދުހިލާފާ އުޅޭހެން ހާދަހާ ހީވެޔޭ ސިއްރުސިއްރުން ބަލާހެން ހިތް އަމޭ ގެންދަވާށޭ ވަގުފުކޮށްފާ ދިނީއޭ ހިތް އަމޭ ގެންދަވާށޭ ވަގުފުކޮށްފާ ދިނީއޭ ހިތް ކަލާޔަށް އެދޭތީ ކެތްކުރަން ދަތިވަނީއޭ ހިތް ކަލާޔަށް އެދޭތީ ކެތްކުރަން ދަތިވަނީއޭ ޖާދުވީ ސިހުރަކުން ނަފުސު ވެއްޖޭ ދިވާނާ ޖާދުވީ ސިހުރަކުން ނަފުސު ވެއްޖޭ ދިވާނާ މާނަފުން މެސެޖަކުން ނޭނގި ކޮށްލީހެ ގޯނާ އަތްއަތާ ގުޅި އެކީގާ ޢިޝްޤުގާ ބަނދެވިދާނޭ އަތްއަތާ ގުޅި އެކީގާ ޢިޝްޤުގާ ބަނދެވިދާނޭ ހިތް ކަލާޔަށް އެދޭތީ ކެތްކުރަން ދަތިވަނީއޭ ހިތް ކަލާޔަށް އެދޭތީ ކެތްކުރަން ދަތިވަނީއޭ ހީލިޔަސް ހީވަނީ މެދުއުޑުން ހުރެ ވިދާހެން ހީލިޔަސް ހީވަނީ މެދުއުޑުން ހުރެ ވިދާހެން ސާފުކޮށް ސާހިބާ ބުނެބަލާށޭ އެނގޭހެން ޙައްޤު ތެދެކޭ ތިބާއީ ހިތުގެ ވިންދާ ޝިފާއޭ ޙައްޤު ތެދެކޭ ތިބާއީ ހިތުގެ ވިންދާ ޝިފާއޭ ހިތް ކަލާޔަށް އެދޭތީ ކެތްކުރަން ދަތިވަނީއޭ ހިތް ކަލާޔަށް އެދޭތީ ކެތްކުރަން ދަތިވަނީއޭ

ޅެންވެރިޔާ

އަލްބަމް

ލޮގިން ވާކަށް ނުޖެހޭނެ.

ތިޔަ ބޭފުޅުންގެ އެންމެ މަޤުބޫލު ލަވަތަކުގެ ލިރިކްސް އަވަހަށް ފޮނުއްވާ!

ލަވަ ފޮނުއްވުމަށް

ދަންނަވާލުމެއް!

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.