ފަތިހުގެ މުދިމާ

ރާގު: މަލިކު

ފަތިހުގެ މުދިމާ ބަންގި ދިނީމާ
ހާލާ ކާޅުގެ އަޑު އިވުނީމާ
ދޫކޮށް ނިދި އިބަމެން ތެދުވަންޏާ
ދަރިވަރުނޭ ގިނަ ސާބަހޭ

އުމުގުން އުދަވާ އެހެރަ އުޖާލާ
ތަރިތަށް ދައްކާ ރީތި މިސާލާ
ނުވަދިހަ ދެވަނަ އަހަރު މި ފަވާލާ
ރީއްޗޭ ވާ ނަލަ ސާބަހޭ

މާބަފައިންނާ އުސްތާޒުންނާ
ކާބަފައިންގެ ހަނދާންތައް ދިރުވާ
ކާކުތަ ފޮރުވީ ކާކުތަ ވަޅުލީ
ތާކު ނުހޯދާ ތާކުގަ ފޮރުވީ

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.

info@dhivehilyrics.com

އިން

އެކު