ދިވެހި ލިރިކްސް

© ދިވެހި ލިރިކްސް

ހ
ށ
ނ
ރ
ބ
ޅ
ކ
އ
ވ
މ
ފ
ދ
ތ
ލ
ގ
ޏ
ސ
ޑ
ޒ
ޓ
ޔ
ޕ
ޖ
ޗ
ޙ
ޚ
ޢ
ޣ
ޠ
ޘ
ޡ
ޤ
ޛ
ޞ
ޝ
ޟ
ޜ
ޥ

އެންމެ މަގުބޫލު

1

ފިލާނެތޯ ލޯތަކުން މިފޫދޭ

2

ދޮން ކަނބުލޮ ނިދާލާށޭ

3

އިތުރު ރަސޫލާ

4

ނަބީ އަމީނޭ

5

ކުރަންވީ ހަނދާނާއި ޒިކުރާތަކޭ މީ

އެންމެ ފަހުގެ

1

ރީތީގެ ރާނީ އުޖާލާ

2

ކުރަންވީއޭ ދުޢާ

3

އޭނަބިއްޔާއޭ ސޮލާތާ

4

ޤައުމަށްޓަކާ ދީނަށްޓަކާ

5

އުދަރެސް

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.

އެކު

އިން

info@dhivehilyrics.com

ފަހު ޒަމާނުގެ ރަސޫލާ

ރާގު: އަމިއްލަ

ޅެން: ޅެންވެރިޔާ ނޭނގޭ

ވަޑައިގެން ހިނދުން ފަހު ޒަމާނުގެ ރަސޫލާ
ގުޑައިގެންފިޔޭ ޖާހިލިއްޔަތުގެ ކިއްލާ
އުޑާބިން އެކަން އެހިނދު އިޢުލާނު ކޮށްލާ
އުޑާބިން އެނޫރުންނެ ކޮށްލީ އުޖާލާ
ވަޑައިގެން ހިނދުން ފަހުޒަމާނުގެ ރަސޫލާ
ގުޑައިގެންފިޔޭ ޖާހިލިއްޔަތުގެ ކިއްލާ

ޒަމާނުގެ އަތުން އެއްލި ޞަފުޙާ ދެކޭށޭ
އަމާންކަމުގެ ތާރީޚު އެފެށީ ލިޔާށޭ
ސަމާލުވެ އެމޫރިތި ޙަޤީޤަތް ބަލާށޭ
އެމާތް ޢަޞްރު ފަންނާއި ޢިލްމުން ވިދާލާ
ވަޑައިގެން ހިނދުން ފަހު ޒަމާނުގެ ރަސޫލާ
ގުޑައިގެންފިޔޭ ޖާހިލިއްޔަތުގެ ކިއްލާ

އެހާ ފިތުނަވެރިކަމުގެ ހިކި ހޫނު ބިންތައް
ފަހުން ފަރިކުރީ ޞުލްޙަވެރިކަމުގެ މާތައް
ވަހުން އޭގެ ދިރުވީ މަރުވެފައިވި ހިތްތައް
ރަޙުމް ކުލުނު އޮހިގެން އައީ ބިން ފުރާލާ
ވަޑައިގެން ހިނދުން ފަހު ޒަމާނުގެ ރަސޫލާ
ގުޑައިގެން ފިޔޭ ޖާހިލިއްޔަތުގެ ކިއްލާ

މިއީ ދުނިޔެ ދުށް އެންމެ ބޮޑު އިންޤިލާބޭ
މިއީ ރަޙްމަތާ ހެޔޮކަމުގެ އިންޤިލާބޭ
މިއީ ވަޙްދަތާ އަޚްކަމުގެ އިންޤިލާބޭ
މިއީ ކޮންމެ ނަސްލެއްގެ އަޞްލޭ އުޞޫލާ
ވަޑައިގެން ހިނދުން ފަހު ޒަމާނުގެ ރަސޫލާ
ގުޑައިގެންފިޔޭ ޖާހިލިއްޔަތުގެ ކިއްލާ
އުޑާބިން އެކަން އެހިނދު އިޢުލާނު ކޮށްލާ
އުޑާބިން އެނޫރުންން ކޮށްލީ އުޖާލާ