އޭރުގެ ފުންހަނދާން ގެނުވަޔޭ ރަންޒަމާން
ދެރަވާނޭ އެނގިގެން ވީމާ ބޭވަފާ
އޭރުގެފުން ހަނދާން ގެނުވަޔޭ ރަންޒަމާން
ފެންނާށޭ ދެން ހިތް އެދެނީ އިންތިޒާރުގައި އޮވެ ނިދެނީ
އޯ.. ކޮން އުފަލެއް ބާއެ އޮތީ އިންސާނާއަށް ލޯބި ނުލާ
އޭރުގެ ފުން ހަނދާން ގެނުވަޔޭ ރަންޒަމާން
ދެރަވާނޭ އެގިގެން ވީމާ ބޭވަފާ
ނުފިލާހާ ކުރެހުން އެޅުނޭ، ހިތުގައި ކެނޑި ބިންވަޅު ނެގުނޭ
އޯ.... މާފުކުރޭ! ލޯބިވެޔޭ ދާނެހޭ ހިތުން ޒަޚަމު ފިލާ
އޭރުގެ ފުން ހަނދާން ގެނުވަޔޭ ރަންޒަމާން
ދެރަވާނޭ އެގިގެން ވީމާ ބޭވަފާ
ހަނދު ހެކިކޮށް އެކި ވަޢުދު ވިޔޭ، ހާދަ އުފަލުގައި ހީނއުޅެޔޭ
އޯ... އޭރު އެހާ ލޯބިވެފައި ވީ ހަމަ ބަދަލޭ ނޭނގި ކަލާ
އޭރުގެ ފުން ހަނދާން ގެނުވަޔޭ ރަންޒަމާން
ދެރަވާނޭ އެގިގެން ވީމާ ބޭވަފާ
އޭރުގެ ފުން ހަނދާން ގެނުވަޔޭ ރަންޒަމާނ