އެންވަގުވީ

ރާގު: އަމިއްލަ

އޮޑި ހައްޔަރުކޮށް މަބެލީ އޮއިވަރު
އެންދާ ޖެހުމަށް ބަލަ އެންކެޔޮޅާ
މުގުރާން ތިލަވޭ އޮއްބާ ދަނޑިތައް
ކޮޅުފަސް ބަލާ

އެންގަނޑު ދުވެލީ މަޑުމަޑު ގޮތަކަށް
ފީނަން ފެށީ ވަގުވާ ގޮތަކަށް
ފަޅުވެރި ކުދިން ފިލިމަސް ހާކާ
އިސްމެއް ކިޔާ

ކުރުނބާ މަތުރާ ހަރުކޮށް ކިޔަވަން ފެށީ
ދިރުނބާ މަތިން ކަޅިއެއް އެއްލާ ބެލީ
ވިސްނާ

ހަސަނާ އުޅެމާ ރަތުރުކު ކުރުނބާ
އަތުޖައްސަމާ އުޑުމަތި ބަލަމާ
ފީނާ އަރާ ވަލުތެރެ ހޯދާ
ވަގުރުކު އެޅީ

ފަންގަނޑު މަތިން އިހަލެއް ބާނަން
އޮއްވާ ހަސަނަށް ބުނެލީ ގާތުން
ނަމަނަމަ ދަރިޔާ ފިޔަވަޅު ނާޅާ
ދަމަމުން ކުރުނބާ

ހައްވާފުޅު ގޮސް ގޭ މެދު އޮޅިއަށް
ދެމިފާ ބުނީ ކަފުނެއް ހޯދާ
ބޮކަރާ ކެލަޔާ ހުދު ކާފޫރާ
އަތްމަތި ކުރޭ

ކުރުނބާ މަތުރާ ހަރުކޮށް ކިޔަވަން ފެށީ
ދިރުނބާ މަތިން ކަޅިއެއް އެއްލާ ބެލީ
ވިސްނާ

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.

info@dhivehilyrics.com

އިން

އެކު