ދިވެހި ލިރިކްސް

© ދިވެހި ލިރިކްސް

ހ
ށ
ނ
ރ
ބ
ޅ
ކ
އ
ވ
މ
ފ
ދ
ތ
ލ
ގ
ޏ
ސ
ޑ
ޒ
ޓ
ޔ
ޕ
ޖ
ޗ
ޙ
ޚ
ޢ
ޣ
ޠ
ޘ
ޡ
ޤ
ޛ
ޞ
ޝ
ޟ
ޜ
ޥ

އެންމެ މަގުބޫލު

1

ފިލާނެތޯ ލޯތަކުން މިފޫދޭ

2

ދޮން ކަނބުލޮ ނިދާލާށޭ

3

އިތުރު ރަސޫލާ

4

ނަބީ އަމީނޭ

5

ކުރަންވީ ހަނދާނާއި ޒިކުރާތަކޭ މީ

އެންމެ ފަހުގެ

1

ރީތީގެ ރާނީ އުޖާލާ

2

ކުރަންވީއޭ ދުޢާ

3

އޭނަބިއްޔާއޭ ސޮލާތާ

4

ޤައުމަށްޓަކާ ދީނަށްޓަކާ

5

އުދަރެސް

މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.

އެކު

އިން

info@dhivehilyrics.com

އެމުނޭށިއޭ ރަންހާރުތައް ޝުކުރާ ސަނާގެ އިނގިލިތަކުން

ރާގު: -

ޅެން: ޔޫސުފް މުޙައްމަދު ފުޅު

އެމުނޭށިއޭ ރަންހާރުތައް ޝުކުރާ ސަނާގެ އިނގިލިތަކުން
ހިމެނޭށިއޭ ލޯތްބާ ކަރަމް މަދަހައިގެ އަލި ރަންމުތްތަކުން

އިންސާފުވެރި ޤާނޫނަކުން ތަރުބިއްޔަތާ ހެޔޮ ޢިބްރަތުން
އިންސާނުނަށް އިންސާނިޔަތުގެ ނިޒާމު ފިލުވައިދެއްވުމުން
އެމުނޭށިއޭ..

ބާޠިލް އެއް ނެތިދާނެ އެއްޗެއްކަން ޔަޤީންކޮށް ދެއްވަވާ
ސާބިތުވެ ހުންނެވުމާ އެކީ ޢަމަލީ ޖިހާދު ކުރެއްވުމުން
އެމުނޭށިއޭ...

މައްކާ މަދީނާއާ ދެމެދު ކުރެވުނު ޤަރާރު މުޢާހަދާ
އެދި މުޝްރިކުން ދޫކޮށްލުމުން ހޯއްދެވި އެއަގުމާތް ފުރުޞަތުން
އެމުނޭށިއޭ..

މައްކާ ފަތަޙަކޮށް ދެއްވުމަށް އިސްނަންގަވާ މަޤްޞަދުގައޭ
މަތިވެރި މަލާއިކަތުންގެ ނަޞްރާ ހެޔޮ ދުޢާފުޅުތައް ވުމުން
އެމުނޭށިއޭ..

އުންމުލްޤުރާ ނެތި ދުނިޔެވެސް ނޯންނާނެކަން ކަށަވަރުވެއޭ
އެންމެން ޤަބީލާތަކުގެ މުސްލިމް ދެން ޖަމާ އެކުރެއްވުމުން
އެމުނޭށިއޭ...

ޙިކްމަތްފުޅުންވާ ސިއްރުގާ ހުރިހާ ކަމެއް އަދި ބައްލަވާ
ލުއިލުއި ގޮތެއްގައި ފަތަޙައެއް ގެންނެވުމުގާ މަޤްޞަދު ވުމުން
އެމުނޭށިއޭ..

ޝަރަފާއި ޢިއްޒަތުގައި ވިދާ މުސްލިމް މުޖާހިދުނަށް އެވީ
މިދަތުރުފުޅަށް ހަމަ ނަންގަވާ ދިހަހާސް ޢަދަދުގައި ލެއްވުމުން
އެމުނޭށިއޭ..

އަޝްވާއު ދައްކާ މަންޒިލަށް ލަޝްކަރު މިވާޞިލްވީ ހިނދުން
އިސްލާމް ވުމަށް ދެމުޙާޖިރަކު އައި ޚަބަރުތައް ހަމަ އިއްވުމުން
އެމުނޭށިއޭ..

ރަމަޟާން ކަމަށް ވެވުމާއެކީ ރޯދައިގެ ބަލިކަން އައި ހިނދުން
ދޫކޮށްލުމަށް އެދުވަހުގެ ރޯދަ ޙަދީޘް ކުރެއްވީ ޙިކުމަތުން
އެމުނޭށިއޭ..

ޢައްބާސް އެއަހުލުންނާއިގެން ހިޖުރައިގެ އަގުމާތް ދަތުރުގައި
އަރިހަށް ވަޑައިގެން މާތް ނަބީ އެއުފާތަކެއް ވެސް ދެއްވުމުން
އެމުނޭށިއޭ..

މައްކާގެ މީހުންނަށް ޚަބަރު ލިބިގެން ނުކުތް ތިން މީހުނޭ
އަރިހަށް ރަސޫލާ ގެނެވި އިސްލާމުން ކަމަށް ހެޔޮވީ ހިނދުން
އެމުނޭށިއޭ..

ވެރިޔާ ކަމުވެފާ އެތަނުން އަބޫސުފިޔާނުވެސް
އިސްލާމްވެ މާތް އަތްޕުޅުގައޭ ބައިޢަތު އެހިއްޕަވަނީ މުޅިން
އެމުނޭށިއޭ...

މަޙްޖޫންގައި ޠާހާގެ ދިދަކޮޅު ޖައްސަވާ އަމަން އެކީ
ކީރިތި ރަސޫލާއޭ މައްކާއަށް ދޫމު އެދެއްވުމުން
އެމުނޭށިއޭ...

ޚާލިދުގެ ޒިންމާއަށް އެމާތް ކޮށްލެއްވި ދޫ އަސްވާރުނޭ
މައްކާއިން ނިކުތް އެޖަމާޢަތާ ހަނގުރާމަ ވެސް ކޮށްލެއްވުމުން
އެމުނޭނިއޭ...

މަތިވެރި ތަވާޟުޢުގައި ނަބިއްޔާ ޖަމަލު ކޮޅުގައި އިންނަވާ
މައްކާގެ ލޮބުވެތި ފަސްގަނޑުން ގެފުޅަށް ވަޑައިގެންނެވި ހިނދުން
އެމުނޭނިއޭ..

ބޭނުން ކުރެއްވީ ފަތުޙު ސޫރަތް ގުޅި މިއައި އެ މުނާސަބާ
ހެޔޮ ނަޞްރު ދެއްވީ ވަޢުދު ފުޅުގައި ވީ އިލާހީ ރަޙްމަތުން
އެމުނޭށިއޭ..

އަތްޕުޅު މަތީ މައްކާވަނީ ހިނިތުންވެ އުފަލާ ފަޚުރުގައި
ޖައްދުލްޢުލާގެ ޝިޢާރުތައް ވިދަމުން މިއައި ހިނދުގައި އަލުން
އެމުނޭށިއޭ...

އަގުމާތް ޠަވާފުގައި މި ޙަޖަރުލްއަސްވަރަށް އެކުރެއްވެވީ
މާތް އިސްތިލާމެއް ބޮންތި ކޮޅަކުން އައި ޝިޢާރު ވިދާ ގޮތުން
އެމުނޭށިއޭ..

ޙުރުމަތް އެ ގެފުޅަށް ދެއްވަވާ ދޮރުކޮޅު މަތީގައި ހުންނަވާ
މައްކާގެ މުޝްރިކުނާ މުޚާޠަބު މީ ކުރެއްވެވި ބަސްފުޅުން
އެމުނޭށިއޭ..

އެއުރެން ހަދާނެ ގޮތެއް ނުއެނގި ކަނދުރާ ބިމަށް އެލިފައިވުމުން
މިނިވަން ކުރެއްވެވި އަޑުއަހާ އެންމެން އެތާ އިސްލާމް ވުމުން
އެމުނޭނިއޭ...

ޝައްކެއް ނެތޭ މީ ދަރުމައޭ ދުނިޔޭގެ އެއްވަނަ ޙިކްމަތޭ
ނަސްރާ ނަޞީބުގެ ސިއްރެކޭ މުޅިކައުނު ހެކިވާނޭ ގޮތުން
އެމުނޭނިއޭ...

ޞަލަވާތް އިތުރު ލޮބުވެތި ސަލާމް އަބަދާ އަބަދު ލައްވާށިއޭ
ކައު މުޞްޠަފާއަށް ދުނިޔެ ދެމިއޮތްހާ ހިނދަކު ހެޔޮ ރަޙްމަތުން
އެމުނޭށިއޭ....