© ދިވެހި ލިރިކްސް
އެންމެ މަގުބޫލު
1
ފިލާނެތޯ ލޯތަކުން މިފޫދޭ
2
ދޮން ކަނބުލޮ ނިދާލާށޭ
3
އިތުރު ރަސޫލާ
4
ނަބީ އަމީނޭ
5
ޙަސްބީ ރައްބީ ޖައްލަﷲ - حَسْبِیْ رَبِّی جَلَّ اللّٰہ
އެންމެ ފަހުގެ
1
ރީތީގެ ރާނީ އުޖާލާ
2
ކުރަންވީއޭ ދުޢާ
3
އޭނަބިއްޔާއޭ ސޮލާތާ
4
ޤައުމަށްޓަކާ ދީނަށްޓަކާ
5
އުދަރެސް
މި ސައިޓުގައި ބޭނުންކޮށްފައިވާ ލިރިކްސް، ފޮޓޯ އަދި ވީޑިއޯ ފަދަ ތަކެތީގެ މިލްކުވެރިކަން ވަނީ އޭގެ ޙައްޤުވެރި ފަރާތްތަކަށެވެ. އަދި މިސައިޓުގައިވާ އެއްވެސް ކޮންޓެންޓެއް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުން އެދެމެވެ.
އެ ލޯބީގެ ރާނީ ، ބަލާލާށެ މަލިކާ
ރާގު: އެ ޕޫލޯންކި ރާނީ
ޅެން: ޢީސާ ޝަރީފު
އެ ލޯބީގެ ރާނީ، ބަލާލާށެ މަލިކާ،
ޖަހާ އިސް ތި މޫނާ ނުފޮރުވާ ލޮލާ
ގަތުލު ހިތްވެދާނޭ ، ޒަޚަމް ވެސް ވެދާނޭ،
ނަޒަރަކުން ޒުވާނާ ތިހިރަގެން ބަލާ
މިވާ ލޯބި ކިޔައިދޭން ކެރޭތޯ މަ ބަލަމޭ
ނިދަން ތަންމަތީ ޚިޔާލުތައް އޮވެ މަ ކުރަމޭ
ތި ނާޒުކު ދެ ތުންފަތް ލަދުން އިނދެ ކިޔައިދޭ
އިބާރާތް އަހާލަން މަ އެދެމޭ ކަލާ
އެ ލޯބީގެ ރާނީ، ބަލާލާށެ މަލިކާ،
ޖަހާ އިސް ތި މޫނާ ނުފޮރުވާ ލޮލާ
ބުނަން ހާދަ އެދެމޭ ، ބުނާކަށް ނުކެރުނޭ
ބުނާނޭ އެ ހިތްވަރު މި ދުލަކަށް ނުލިބުނޭ
މި ހިތް އާދެ ފެނުމުން ، މި ވާވަރު އެނގޭނޭ
ތެމޭއިރު ދެ ލޯ ދެން ނުއެގެޔޭ ހިލާ
އެ ލޯބީގެ ރާނީ، ބަލާލާށެ މަލިކާ،
ޖަހާ އިސް ތި މޫނާ ނުފޮރުވާ ލޮލާ
ހިމޭން ރޭގެ މެންދަމު ހަނދޭ އަލިކުރާނީ
ފިނީގައި އެކަންޏޭ މަ ކީއްފަހެ ކުރާނީ
އެ ހިނދު މޭ ތެރޭ ހިތްކުރާ އިންގިލާބުން
ފޮޓޯއަށް ބެލީމާ ނުހަނު ހީފިލާ
އެ ލޯބީގެ ރާނީ، ބަލާލާށެ މަލިކާ،
ޖަހާ އިސް ތި މޫނާ ނުފޮރުވާ ލޮލާ