އެ ހަނދާން އިޔާދަ ކުރަމާ
އެ ޒަމާން އިޔާދަ ކުރަމާ
ހަނދުމައިގެ އާރު ފުރުމުން
އެ ޚިޔާލު އިޔާދަ ކުރަމާ
އިރު އޭގެ އަލި ދިނީމާ
ހަނދު ދޯދި ފެތުރުވީމާ
ލިބި އިންތިހާ އެ ލޯބިން
އެ މަގާމް އިޔާދަ ކުރަމާ
ހަނދުމައިގެ............
އީދުގެ އުފާ ލިބޭހެން
ވީ ހޭދަ ކޮންމެ ދުވަހެއް
ހާސިލް އަލުން ވެވޭތޯ
އެ އުފާ އިޔާދަ ކުރަމާ
ހަނދުމައިގެ............
އެޒަމާން ހަނދާން ވެވޭތޯ
ތިޔަ ލޯބި ޚިޔާރު ކުރޭތޯ
އެދެމޭ މިރޭ މަ ހިތުގާ
އެ ބަހާރު އިޔާދަ ކުރަމާ
ހަނދުމައިގެ............